ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ކައުންސިލަރުންނަށް 50 ފުރުސަތު، ބައިވެރިވާން ހުޅުވާލައިފި

ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ކައުންސިލަރުންނަށް 50 ފުރުސަތު، ބައިވެރިވާން ހުޅުވާލައިފި
ފޮންޓް ސައިޒް
ކިޔާލަން ހޭދަވާނީ އެއް މިނިޓް

ރަށްރަށުގެ ކައުންސިލަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 50 ބައިވެރިންނަށް ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ކީރިތި ޤުރުއާނާބެހޭ މަރުކަޒު ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ހުތުބާ ކިޔުމުގެ ހުއްދަ ދެވޭނީ ތިން މަސްދުވަހުގެ ކޯހެއް ފުރިހަމަ ކުރުމުންނެވެ. މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޤުރުއާނާބެހޭ މަރުކަޒުންނެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ ކައުންސިލަރުންގެ ތެރެއިން ފިރިހެނުންނަށެވެ. ކޯހަށް ބައިވެރިން ހޮވުމުގައި ބަލާނެ މިންގަނޑުތަކުގެ ތެރޭގައި ކީރިތި ޤުރުއާން ފަރިތަކަމާއެކު ކިޔަން އެނގުމާއި، ދިވެހިބަހާއި ޢަރަބިބަހުގެ ކިޔުމުގެ ފަރިތަކަން ހިމެނެއެވެ.

ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 25 ވަނަ ދުވަހުގެ 13:00 ގެ ކުރިން، އެކަމަށް ޚާއްސަކޮށްފައިވާ ގޫގަލް ފޯމް މެދުވެރިކޮށް ކުރިމަތިލާން ޖެހޭނެއެވެ. އަދި ކޯހަށް ބައިވެރިން ހޮވުމަށް ބޭއްވޭ އިންޓަވިއުތައް މި މަހުގެ 29 އަދި 30 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމަކީ އަތޮޅުތަކުގައި ހުތުބާ ކިޔުމަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ސަބަބުން ކައުންސިލަރުންގެ ތެރެއިން ހުތުބާ ކިޔުމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ލިބިގެންދާނެއެވެ.

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ފަހުގެ ޚަބަރު

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ރޯދައަށް ރާއްޖޭގެ އެކިކަންކޮޅު ތަކުން 15 މިސްކިތެއް ނިންމަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ގެ ތެރެއިން ފެމިލީ ޑިނަރ ނައިޓެއް ބާއްވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ޕީސް ފައުންޑޭޝަންގެ ”ދަ ލެގަސީ“ ގައި ކެނެޑާގެ ޝައިޚް ނަވާއިދް ޢަޒީޒް ބައިވެރިވެވަޑައިގަންނަވަނީ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

ދަރިން މިސްކިތުގައި ނަމާދުކުރަން ލޯބިޖެއްސުމަށް، ޘަވާބުގެ ވާހަކަ ކިޔައިދިނުން މުހިންމު: ހުކުރު ޚުޠުބާ

މި މަސައްކަތަށް އެހީތެރިވެލައްވާ

ދިއިސްލާމަކީ ދިގު ޒަމާނެއްގެ މަތިން ދީނީ އަދި އިޖްތިމާޢީ ޚަބަރާއި ލިޔުންތައް ގެނެސްދޭ ވެބްސައިޓެއް. ސައިޓް ނުހުއްޓި ކުރިއަށް ގެންދިއުމަށް ތިޔަ ބޭފުޅުންގެ އެހީތެރިކަން ބޭނުންވޭ.