ދިއިސްލާމްޔޫރަޕު

ތުރުކީއަށް އައި ބިންހެލުމުގައި ސަލާމަތްވި ކުޑަ ކުއްޖާ އަމިއްލަ ވަޒަނަށް ގެންގޮސްފި

ސަލާމަތްވި ތުއްތު އަންހެން ކުއްޖާ

ސަލާމަތްވި ތުއްތު އަންހެން ކުއްޖާ

 

ތުރުކީއަށް އައި ބިންހެލުމުގައި ސަލާމަތްވި ކުޑަ ކުއްޖާ އަމިއްލަ ވަޒަނަށް ގެންގޮސްފިއެވެ.

 

ތުރުކީގެ މީޑިއާތަކުން ހާމަކުރާ ގޮތުގައި  18 ދުވަސްވެފައިވާ މިތުއްތު އަންހެން ކުއްޖާގެ އަމިއްލަ ސަހަރުކަމުގައިވާ 'ސިވާ' އަަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ބިންހެލުން އައިތާ 48 ގަޑިއިރު ވެފައިވަނިކޮން އެޕާރޓްމެންޓް ޢިމާރާތެއްގެ ދަށުން ނެގި މިކުއްޖާގެ ހާލު ރަނގަޅުކަމަށް ޑޮކްޓަރުންނާއި ހަވާލާދީ މީޑިއާތަކުން ބުނެއެވެ.

 

މި ކުޑަ ކުއްޖާއާ އެކު ވަނީ އޭނާގެ މަންމަ އާއި މާމަ ވެސް ސަލާމަތްކޮށްފަ އެވެ. ހާދިޘާ ހިނގާފައިވާ ސަރަޙައްދުން މަޢުލޫމާތު ދެމުން އަލްޖަޒީރާގެ ރިޕޯރޓަރަކު ކިޔާދީފައިވާ ގޮތުގައި އެކުޑަކުއްޖާއާއި އޭނާގެ މަންމަ އާއި މާމަ ސަލާމަތްވުމަށް އެހީތެރިވެދީފައިވަނީ ސޯފާ ބެޑެކެވެ. އެޕާރޓްމަންޓްގެ ފަންގިފިލާ ވެއްޓުމުން, 3 މައިންނަށް ތިބެވޭނެ ވަރުގެ ޖާގައެއް އެސޯފާގެ ސަބަބުން ހެދިފައިވާކަމަށް އޭނާ ބުނެ އެވެ.

7.2 ބާރުމިނުގައި ތުރުކީއަށް އައި ބިންހެލުމުގައި މިހާތަނަށް 570 މީހުން މަރުވެފައިވާއިރު އެތައް ބަޔަކު ވަނީ ޒަޚަމްވެ ހާލުގައިޖެހިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *