ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ދަކޯލްގެ އެންމެ ފަހު އިވެންޓް މިރޭ އޮންނާނެ

ދަކޯލް 2010 ގެ އެންމެ ފަހުގެ އިވެންޓް މިރޭ އޮންނާނެކަމަށް ޖަމިއްޔަތުއް ސަލަފްއިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ދަކޯލްގެ އޮފިޝަލަކު ހާމަކުރެއްވިގޮތުގައި 'މިރޭ އޮންނާނީ ދަކޯލްގެ އެންމެ ފަހުގެ އިވެންޓް ކަމަށާއި މިރޭގެ އިވެންޓްގައި ޑރ ބިލާލްގެ އިތުރުން އަބްދުއްރަހީމް ގްރީންވެސް ތަގުރީރު ކުރައްވާނެ.'ކަމަށެވެ. 'މިރޭގެ އިވެންޓް އޮންނާނީ އަލިމަސް ކާނިވާ ސްޓޭޖްގައި ކަމަށާއި އިވެންޓް ފެށޭނީ ރޭގަނޑު 8.30 ގައި'ކަމަށެވެ.

ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ޑރ ބިލާލް ތަގުރީރު ކުރައްވާނީ 'ވައި ޑޫ ވީ ނީޑް އަ ރިލިޖަން' އަށެވެ. އަދި އަބްދުއްރަހީމް ގްރީން ތަގުރީރު ކުރައްވާނީ 'ޓޯވާރޑް އަ ޕީސްފުލް ސޮސައިޓީ' އަށެވެ.

ދަކޯލް 2010 ގައި ޑރ ބިލާލް އާއި އަބްދުއްރަހީމް ގްރީން ވަނީ ގިނަ ދަރުސްތަކެއް ދެއްވާފައެވެ. އަދި މީގެ އިތުރުން ރޭޑިއޯ ޕްރޮގްރާމްތަކާއި ޓީވީ ޕްރޮގްރާމްތަކުގައިވެސް މި ދެ ދާއީއިންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދަކޯލް 2010 އަކީ ވަރަށް ކާމިޔާބު އިވެންޓެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Inshaa ALLAH will Attend

Your email address will not be published. Required fields are marked *