
Photo: AFP
މިސްކިތެއް ބަންދުކުރަން އުޅޭތީ ޓިއުނީޝިޔާގައި މުޒާހަރާ ކުރަމުން އެބަދާކަމަށް ޓިއުނީޝިޔާގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
ޚަބަރުތައް ބުނާގޮތުގައި ޔުނިވަރސިޓީއޮފް ޓިއުނީޝިޔާ އަލް މަނާރ އާއި ޖެހިގެން ހުރި މިސްކިތެއް ސަރުކާރުން ބަންދުކުރަން ވަނީ ނިންމާފައެވެ. މިމުޒާހަރާގައި ޔުނިވާރސިޓީގެ ދަރިވަރުންގެ އިތުރުން އާންމުންގެ އެތައް ބަޔަކު ބައިވެރިވާ ކަމަށާއި މިސްކިތުގެ މައްސަލާގެ އިތުރުން މޫނު ބުރުގާ މަނާކުރުމުގެ ހިތްހަމަ ނުޖެހުންވެސް މިމުޒާހަރާގައި ފާޅުކުރަމުންދާކަމަށެވެ. ފަހުގެ ޚަބަރުތައް ބުނާގޮތުގައި ޓިއުނީޝިޔާގެ މުސްލިމުންނާއި ފުލުހުންގެ މެދުގައި ކުރިމަތިލުންތައް އިއްޔެ ހިނގާފައިވާކަމަށާއި އާންމުނާއި ދެކޮޅަށް ކަރުނަ ގޭސްވެސް ބޭނުންކޮށްފައިވާކަމަށެވެ.
އަލްޖަޒީރާއިން ހާމަކުރާގޮތުގައި ބަންދުކުރަން އުޅޭ މިސްކިތަކީ ބިން އަލީގެ ވެރިކަން ވައްޓާލުމުގައި ހަރަކާތްތެރިވި މީހުންގެ އެއް މަރުކަރުކަމަށާއި އޭރު އެމިސްކިތަކީ ބަންދު ކޮށްފައިވާ މިސްކިތެއް ކަމަށެވެ. އެހެނަސް ބިން އަލީގެ ވެރިކަން ނިމުމުން އެމިސްކިތް ހުޅުވާފައިވާކަމަށެވެ. އެހެނަސް ސަރުކާރު ބަދަލުވުމުން އަނެއްކާވެސް އެމިސްކިތް ބަންދުކުރަން އުޅެނީކަމަށެވެ.

















ޚިޔާލު