އެހީ!ދިއިސްލާމް

އެހީތެރިކަމަށް އެދި އެގޮވަނީ މަންމަ އެވެ.

ށ. ފުނަދޫ މުދިންބެގެ ޢާއިލާ އުފާވެރި ކުރުމަށްޓަކައި، އެތައް ޤުރުބާނީ އެއް އުފުލައި، އެޢާއިލާގެ އެންމެބޮޑު ޒިންމާ އުފުލަމުން ގެންދިޔައީ މުދިންބޭގެ އަންހެނުން ކަމުގައި ވިޔަސް، މިއަދު މުދިންބޭގެ އަންހެނުން ކުރިމަތިލާފައި ވަނީ ބޮޑު ބައްޔަކުން ސަލާމަތްވުމަށްޓަކައި ކުރަމުންދާ ހިތްދަތި ކަރުނައިގެ ހަނގުރާމައަކާ އެވެ. އެއީ ހަތަރު ދަރިންގެ މަންމައެކެވެ. ހިތްވަރާއެކު އެ ދަރިންނަށްޓަކައި ޤުރުބާންވަމުން ދިޔަ މަންމައެކެވެ. މިއަދު އެމަންމަ އެވަނީ އަޅުގަނޑުމެންގެ އެހީތެރިކަމަށްޓަކައި ފެންބޮވައިގެންފައެވެ. އެ މަންމަގެ އުއްމީދު ހާސިލްކޮށްދިނުމަށްޓަކައި އަޅުގަނޑުމެން އެންމެން ތެދުވަމާ ހިނގާށެވެ.

އެރަށު، ނޫރުއްސަބާ އުމުރުން 38 އަހަރުގެ ޝަކީލާ މޫސާ އަކީ ދެ ކިޑްނީ ފެއިލް ވުމުގެ ސަބަބުން އެކަމުގެ ފަރުވާއަށް ބޭނުންވެފައިވާ މަންމައެކެވެ. މިއަދު އައިޖީއެމް ހޮސްޕިޓަލުގެ އައިސީޔޫގައި ޝަކީލާއަށް ފަރުވާދެމުންދާ އިރު، އަވަސް ގޮތަކަށް ރާއްޖެއިން ބޭރަށް ގެންގޮސް އައު ކިޑްނީ އެއް ލެއްވުމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފަ އެވެ. އެ މަންމަގެ ފަރުވާއަށްޓަކައި އެމަންމަގެ ދަރިންނާއި، އެ ޢާއިލާ އިން އުއްމީދުތަކެއް ކުރަމުންދާ އިރު، އަޅުގަނޑުމެންގެ އެހީތެރިކަން އެ މަންމައަށް ފޯރުކޮށްދެމާ ހިނގާށެވެ. އެމަންމަ އިންތިޒާރުގައި އޮތީ އަޅުގަނޑުމެންގެ އެހީތެރިކަމާ އެކު ކުރީގެ އުފާވެރި ދިރިއުޅުމަށް އެނބުރި ގޮސް، އެ އުފާވެރި ދުވަސްތައް ގުނާލުމުގެ އުފާވެރި އުއްމީދުގައެވެ. މިހާރުން މިހާރަށްވެސް އެ އުއްމީދު ހާސިލްކޮށްދިނުމަށް އެ ޢާއިލާއިން ބޭނުންވެއެވެ. އެކަމަކު ކުރަންޖެހޭ އޮޕަރޭޝަށް ވަރަށް ބޮޑު ޚަރަދެއް ހިނގައެވެ. އެފަދަ ބޮޑު ޚަރަދެއް ކުރެވޭނެ ފަދަ މާލީ ތަނަވަސްކަމެއް އެ ޢާއިލާއަކު ނެތެވެ.

ޝަކީލާގެ ކޮއްކޮ މުޙައްމަދު ރަޝީދު ބުނީ ދައްތަގެ ހާލަތު ވަރަށް ސީރިއަސް ކަމަށާއި، މިހާރުން މިހާރަށް ވެސް ރާއްޖެއިން ބޭރަށް ގޮސް ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ބޭނުންވާ ކަމަށެވެ. ނަމަވެސް ޢާއިލާގެ އެހެން ކުއްޖެއްގެ ބައްޔަށް ވެސް މިވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑު ޚަރަދެއް ކޮށްފައި ވުމުގެ ސަބަބުން މިހާރުން މިހާރަށް ދައްތަ ރާއްޖެއިން ބޭރަށް ގެންގޮސް، އެފަދަ ބޮޑު ޚަރަދެއް ކުރުމުގެ ތަނަވަސްކަން ޢާއިލާގެ އެއްވެސް މެމްބަރެއްގެ އަތުގައި ނެތް ކަމަށެވެ. އަދި ދައްތަ އަށް ކުރަންޖެހޭ ފަރުވާ އަށް ގާތްގަނޑަކަށް 35,000.00 ޔޫއެސް ޑޮލަރު (ތިރީސް ފަސްހާސް ޔޫއެސް ޑޮލަރު) ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ ދިވެހި ފައިސާ އިން ނަމަ ގާތްގަނޑަކަށް 539,700.00 ރ. (ފަސް ލައްކަ ތިރީސް ނުވަހާސް ހަތްސަތޭކަ ރުފިޔާ) އެވެ. އެފަދަ ބޮޑު ޢަދަދެއް ހޯދޭނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި، އަޅާލުން ލިބިގެން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން މިތިބީ މިއަދު ވަރަށް ގިނަ ބައެއްގެ އެހީތެރިކަމަށް ބޭނުންވެފައި، ދައްތަގެ ފަރުވާއަށްޓަކައި ހަމަ ކޮންމެވެސް މިންވަރެއް އަޅުގަނޑުމެންގެ ޢާއިލާއަށް ފޯރުކޮށްދިނުމަކީ މިއަދު މިޢާއިލާގެ އެންމެ ބޮޑު އެދުން" ރަޝީދު ބުންޏެވެ.

މިއަދު އަޅުގަނޑުމެން އުފާވެރިކަމާއި އެކު ކޮފީތަކަށް ގޮސްލާ، އެފަދަ ކަންކަމަށް ޖީބުން ޚަރަދުކޮށްލަން ފަސްނުޖެހޭ އިރު، މި ޢާއިލާއަށްޓަކައި ކިތަންމެ ކުޑަ މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދެމާ ހިނގާށެވެ. މިއަދު އަޅުގަނޑުމެން އެ މަންމަގެ ފަރުވާއަށްޓަކައި ދޫކޮށްލާ ހަމަ އެންމެ ފަސް ރުފިޔާ އަކީ ވެސް އެ ޢާއިލާއަށް ވަރަށް ބޮޑު އެއްޗެކެވެ. އެހެން ކަމުން ވެވުނު މިންވަރަކުން، އެ މީހެއްގެ ފަރާތުން ދެވެން އޮތް އެހީތެރިކަމަކާއި އަޅާލުމެއް، އެ މަންމައަށްޓަކައި ފޯރުކޮށްދެށޭވެ.  މި ފުރުސަތުގެ ބޭނުން ހިފަމާ ހިނގާށެވެ. އެހީގެ އަތް ހުޅުވާލައި، އެ ޢާއިލާ އާއި އެ މަންމަގެ ފަރުވާއަށްޓަކައި ޤުރުބާނީއެއް ވެލައްވާށެވެ.

ޝަކީލާ މޫސާ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގުޅުއްވާނީ އޭނާގެ ކޮއްކޮ މުހައްމަދު ރަޝީދު (9669967) އަށެވެ. އަދި ޝަކީލާ އަށް އެހީވުމަށްޓަކައި 7724520020101 މި އެކައުޓަށް ފައިސާ ޖަމާކުރެއްވުން އެދެމެވެ. މިއީ މުހައްމަދު ރަޝީދުގެ އެކައުންޓް ނަންބަރެވެ.

"އިންސާނިއްޔަތަށްޓަކައި އަހަރެން އެހީވާނަން، މާދަމާ އަހަރެންވެސް އެހެންމީހުންގެ އެހީތެރިކަމަށް އެދެން ޖެހިދާނެ"

ރަޝީދުގެ ޢާއިލާ ކެތްތެރިކަމާއެކު އިންތިޒާރުކުރަމުން އެދަނީ ތިބާގެ އެހީތެރިކަމަށެވެ. ވެވުނު މިންވަރަކުން މިޢާއިލާއަށް އެހީތެރިން ފޯރުކޮށްދޭށެވެ. ޝަކީލާ މޫސާ އަށް މާތްﷲ އަވަސް ޝިފާއެއް މިންވަރުކުރައްވާށިއެވެ. އާމީން.

ގުޅުންހުރި

1 ޚިޔާލު

  1. ކޮބާ މެޑިކަލް ރިކޯރޑްސް / ޑޮކްޓަރުގެ ލިޔުން؟؟؟

Your email address will not be published. Required fields are marked *

More in އެހީ!