އަރަބިދުނިޔެދިއިސްލާމް

"އިސްރާއީލަކީ މެދުއިރުމައްޗަށް އޮތް ބިރެއް" - ތުރުކީގެ ބޮޑުވަޒީރު

ރަޖަބް ތައްޔިބު އުރުދުޣާން

ރަޖަބް ތައްޔިބު އުރުދުޣާން

"އިސްރާއީލަކީ މެދުއިރުމައްޗަށް އޮތް ބިރެއް" ކަމުގައި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެއެވެ.

އިޒްރޭލުގެ ހަގީގަތް މުޅި ދުނިޔެއަށް ތެދުބަހުން ހާމަކުރުމުގައި އަރާ ހުންނެވި ތުރުކީގެ ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން  ވިދާޅުވިގޮތުގައި "އިސްރާއީލަކީ މެދުއިރުމަތީގެ ޤައުމުތަކަށް އޮތް ބިރެއްކަމަށާއި އިސްރާއީލުން ފުޅާދާއިރާއެއްގައި ސްޓޭޓް ޓެރަރިޒަމް ގެ ޢަމަލުތައް ހިންގަމުން ގެންދާ" ކަމަށެވެ. އަދި "އިސްރާއީލުފަދަ ޓެރަރިސްޓް ޤައުމެއްގެ އަތުގައި ނިއުކްލިޔަރ ހަތިޔާރު ހުރުމަކީ މެދުއިރުމަތީގެ ޤައުމުތަކަށް ކުރިމަތިވެފައިވާ ބޮޑު ބިރެއް"ކަމަށެވެ.

 

ރަޖަބް ތައްޔިބު އުރުދުޣާން އަކީ ފަލަސްތީނުގެ ހައްޤުގައި އެތައް މަސައްކަތެއް ކުރައްވާފައިވާ މުސްލިމް ލީޑަރެކެވެ. އަދި މުސްލިމް އެތައް ޤައުމެއްގެ ދިފާއުގައި ވަނީ ބަސްބުނެފައެވެ. އެގޮތުން ސޯމާލިއާގެ ބަނޑުހައި ހޫނުކަމަށް އެހީވުމަށް އަމަލީގޮތުން ވަނީ އެތަނަށް ޒިޔާރަތްކޮށް އެހީވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *