ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ދަކޯލް 2010 ގެ ތާވަލް އާންމުކޮށްފި

ދަކޯލް 2010 ގެ ތާވަލް އާންމުކޮށްފިއެވެ..

ގިނަ ބަޔެއް އިންތިޒާރުކުރަމުންއައި 'ދަކޯލް 2010' އަކީ މިހާތަނަށް ރާއްޖޭގެ އަމިއްލަ ޖަމިއްޔާއަކުން ބާއްވާ އެންމެ ބޮޑު އިވެންޓްކަމަށް ވެގެންދާއިރު 4 ދުވަހަށް މި އިވެންޓް ދެމިގެންދާނެކަމަށް ދަކޯލް  އިވެންޓް އިންތިޒާމްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ހާމަކުރެއެވެ.
ޖޫން 3 ވަނަ ދުވަހުރޭ އަލިމަސް ކާނިވަލްގައި ބޭއްވޭ ޑރ ބިލާލް ޕިލިޕްސްގެ ދަރުސްއަކުން 'ދަކޯލް 2010' ގެ ހަރަކާތްތައް ފެށިގެންދާއިރު ޖުމްލަ 7 ދަރުސްއެއް މިފަހަރު ބޭއްވޭނެކަމަށް ހަބަރު ލިބެއެވެ. އޭގެތެރޭގައި ޖޫން 4 ވަނަ ދުވަހުގެ ހަވީރު ބޭއްވޭ ޑރ ބިލާލް ޕިލިޕްސް ދަރުސް އަކާއި ހަމައެރޭ އަބްދުއްރަހީމް ގްރީންގެ ދަރުސްއެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ޖޫން5 ވަނަ ދުވަހު ހަވީރު އަބްދުއްރަހީމް ގްރީންގެ ދަރުސްއަކާއި ޑރ ބިލާލް ޕިލިޕްސްގެ ދަރުސްއެއް ރޭގަނޑު ބާއްވާގޮތައް ވަނީ ހަމަޖެހިފައެވެ. އިވެންޓްގެ އެންމެ ފަހުދުވަސް، ޖޫން 6 ވަނަ ދުވަހުގެ ހަވީރު ޑރ ބިލާލް ޕިލިޕްސްގެ ދަރުސްއެއް ބާއްވާއިރު އެދުވަހުގެ ރޭ އަބްދުއްރަހީމް ގްރީންގެ ދަރުސްއެއް އޮންނާނެއެވެ.
ޑރ ބިލާލް ޕިލިޕްސްއަކީ މިދިޔަ އަހަރު ދަކޯލް އިވެންޓްގައި ވަޑައިގެން ދާއީއެވެ. މިއަހަރު ދަކޯލް އިވެންޓްގައި އަލަށް ބައިވެރިވެޑައިގަންނަވާ އަބްދުއްރަހީމް ގްރީން އަކީ ދުނިޔޭގެ މަޝްހޫރު ދާއީއެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަޤްބޫލުކަން ލިބިފައިވާ މިދެ ދާއީ އިންގެ އިލްމުން ފުރިގެންވާ ދަރުސްއިން 'ދަކޯލް 2010' ވަރަށް ފުރިހަމަ އަދި އެހާމެ ކާމިޔާބު އިވެންޓެއްގެ ގޮތުގައި ނިމިގެންދާނެކަމަށް ގިނަ ބަޔަކު އުންމީދުކުރެއެވެ.

'ދަ ކޯލް' ގެ ރަސްމީ ވެބްސައިޓަށް ވަޑައިގަންނަވާ!

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *