މޯލްޑިވިއަން ބްލަޑް ޑޮނާރސްގެ ފަރާތުން ވަރަށް ހާއްސަ ދަރުސްއެއް ބާއްވާކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ޝެއިހް ހަސަން ލަތީފު މޫސާ އާއި ޝެއިހް މުހައްމަދު ޝަހީމު އަލީ ސަޢީދު ދެއްވުމަށް ހަމަޖެހިފައިވާ ދަރުސްގެ މައުޞޫއަކީ 'ފުރާނައެއް ސަލާމަތްކުރޭ!' މިއެވެ. ހޮނިހިރު ދުވަހުގެ ރޭ 8.30 ގައި ބޭއްވާ މިދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމްގައި ކަމަށް މޯލްޑިވިއަން ބްލަޑް ޑޮނާރސްގެ ފަރާތުން ޝާކިރު ދިއިސްލާމްއަށް މައުލޫމާތު ދެއްވައެވެ.
ލޭ ހަދިޔާކުރުމުގެ ގައުމީ މަސައްކަތުގައި ރާއްޖޭގެ ލީޑިންގ ޖަމިއްޔާކަމުގައިވާ މޯލްޑިވިއަން ބްލަޑް ޑޮނާރސްގެ ފަރާތުން ބާއްވާ މިދަރުސް ރޭޑިއޯ އެޓޯލްއިން ލައިވް ކުރާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ. އަދި ޓީވީއެމް އިން ރެކޯޑްކޮށް މާދަމާ މެންދުރު ނަމާދަށްފަހު ދުރަށް ދައްކާނެކަމަށާއި ދަރުސްލައިވް.ކޮމް އިން ދަރުސް ޑައުންލޯޑްކޮށް ބެލޭނެކަމަށްވެސް އެޖަމިއްޔާއިން ހާމަކުރެއެވެ. އަދި މިރޭގެ ދަރުސް ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހަރަކާތުން ދަރުސް ގެނެސްދޭނެކަމަށްވެސް ހަބަރުލިބެއެވެ.
މޯލްޑިވިއަން ބްލަޑް ޑޮނާރސްގެ ފަރާތުން މިފަދަ ހަރަކާތެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ.
ޚިޔާލު