މިދިޔަ އަހަރު ޤާޒާގެ ބޯޑަރު ސަރަޙައްދުގެ ފޮލޯޓިއްލާއަށް އެހީ ހިފަގެން ދިޔަ ތުރުކީ ވިލާތުގެ 9 އެކްޓިވިސްޓުން އިސްރާޢިލް ސިފައިން މަރާލުމައި ގުޅިގެން މާފަށް އެދުމަށް ތުރުކީން އެދުމުން އެކަން ނުކުރާނެކަމަށް އިސްރާއިލުން ބުނެފިއެވެ.
އިސްރާޢިލުގެ ކެބިނެޓު މިނިސްޓަރު މޮސީ ޔާލޮން ބުނީ " ތަފާތު 3 ބައްދަލުވުން ތުރުކީޔާއެކު ބޭވިއްޖެ ކަމަށާއި އެމީހުން އަބަދުވެސް ބުނަނީ އިސްރާޢިލުން މާފައަށް އެދުމަށެވެ. ނަމަވެސް އިސްރާޢިލުން އަދި އެކަމެއް ނުކުރާނެކަމަށެވެ. އިތުރު ރަށް އޭނާ ބުނީ މިކަމުގައި އިސްރާޢިލުގެ ކެބިނެޓުގެ ތެރޭގައި ޙިޔާލު ތަފާތުވުން އުޅޭކަމަށާއި ފަހަރެއްގައި ހަމަ މާފަށް އެދުވެސް އެކަށީގެން ވާކަމަށެވެ".
ހުކުރު ދުވަހު އެމެރިކާގެ އޮފިސަލުންނާއި އެކު އިސްރާޢިލު ބޭއްވި ބައްދަލުވުމެއްގައި ޑިފެންސް މިނިސްޓަރ އެހުދު ބަރާކު "ބެނެފައި ވަނީ ތުރުކީޔާއި އެކުގައި އުފެދޭ ޙިޔާލު ތަފާތުވުން ތަކަށް މަގެއް އެބަހޯދަން ޖެހޭކަމަށާއި ނަމަވެސް އެއީ ޤާޒާގެ ބޯޑަރު ސަރަޙައްދުގެ ފޮލޯޓިއްލާގައި ހިގާދިޔަކަމަކަށް މާފުއެދުމެއް ނޫން ކަމަށެވެ. އެކަމަކު އެހިންގި އޮޕަރޭސަން ގައި ކުށެއް ކުރެވިފައި ވާނަމަ އެކަމަށް އެމީހުން ހިތާމަ ކުރާ"ކަމަށެވެ.
އެހުދު ބަރާކު އިތުރަށް ބުނީ " އޭނާ ވަރަށް ބޮޑަށް ތުރުކީޔާއެކު ގުޅުން ބާވަން ބޭނުވާ ކަމަށާއި އެކަމަކު މާފަށް އެދުމަކީ އެނާ ކުރާހިތް ވާކަމެއްނޫންކަމަށެވެ." ނަމަވެސް އިސްރާޢިލުގެ ފޮރިން މިނިސްޓަރު ވަނީ މާފަށް އެދުމަކީ އެނާއަށް ފެންނަކަމެއް ކަމަށްބުނެފައެވެ.
މިދިޔަ އަހަރު މޭ މަހު 31ހުގައިޤާޒާގެ ބޯޑަރު ސަރަޙައްދުގެ ފޮލޯޓިއްލާ މިނިވަން ކުރުމުގެ ނަމުގައި އިސްރާޢިލުން ހިންގި އޮޕްރޭސަންގައި އެސަރަޙައްދުން ކަނޑުން ދުއްވާފައި ދިޔަ ތުރުކީގެ ދިދަޖަހައި ފައި ވާ އެޤައުމުގެ 6 އުޅަދަށް ހަމަލާ ދިނުމުގެ ސަބަބުން އެގައިވާ މީހުން ގެ ތެރެއިން 9 މީހުން މަރުވެ 50 މީހުން ވަނީ ޒަޙަމްވެފައެވެ.
އިސްރާޢިލުން ވަނީ ޤާޒާގެ ބޯޑަރު ސަރަޙައްދު އެމީހުންގެ އަމިއްލަ ތަނަކަށް ހެދުމަށްޓަކައި ޔޫއެން އަށް ފާސްކުރުމަށްޓަކައި ޤަރާރެއް ހުށައަޅާފައެވެ. 2007 އަހަރުން ފަށާއިގެން އިސްރާޢިލުން ކުރިޔަށް ގެންދާ މި އޮޕަރޭޝަނަށް ދުނިޔޭގެ އިންޓަނޭށިނަލު ޖަމަޢާތަކުގެ ފާޑުކިޔުން ތަށް ރައްދުވަމުންދެއެވެ.
އިސްރަޢިލުން ވަނީ ޤާޒާގެ 1.5 މިލިޔަން މީހުންގެ ގެދޮރު އަތުލާ އެމީހުން އަސާސީ ޙައްޤުތަށް ނިގުޅައިގަނެފައެވެ. އަދި އެމީހުންގެ ބިންތަށް ފޭރި ގަނެ އެތަންތަނަށް ވެރިވެގަނެފައެވެ.

















advertisment
ޚިޔާލު