ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

'ލައްޒަތާއި އަރާމުން ފުރިގެންވާ ސުވަރުގެ' މިމައުޟޫއަށް ދަރުސްއެއް ބާއްވަނީ...

'ލައްޒަތާއި އަރާމުން ފުރިގެންވާ ސުވަރުގެ' މިމައުޟޫއަށް ދަރުސްއެއްދިނުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް ފައުންޑޭޝަން އިން ހާމަކޮށްފިއެވެ.

ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން އެޖަމިއްޔާގެ އެއް މުއައްސިސް އަލީ ސައީދު ހާމަކުރެއްވިގޮތުގައި، 'މިދަރުސްއަކީ ހުޅުމާލެ ޒުވާނުންނާއި ގުޅިގެން ޖަމިއްޔާއިން ބާއްވާ ދަރުސްއެއް ކަމަށާއި މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބަޔަކު ވަޑައިގަތުމަށް އެދޭ.' ކަމަށެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އާއި ހުޅުމާލެ ޒުވާނުން އިންތިޒާމް ކުރާ މިދަރުސް އޮންނާނީ 16 އޭޕްރީލް 2010 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ލާލޭ ސުކޫލާޢި އިންވެގެން އޮންނަ ހުސްބިމުގައި ކަމަށާއި ދަރުސް ފަށާ ގަޑިއަކީ ރޭގަނޑު 20.45 ގައިކަމަށް އެޖަމިއްޔާއިން ހާމަކުރައްވައެވެ.

'ލައްޒަތާއި އަރާމުން ފުރިގެންވާ ސުވަރުގެ' އާއި ބޭހެގޮތުން ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ ޝެއިހް އިބްރާހިމް ފަރީދު އަހުމަދު ކަމަށް އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސްއިން ހާމަކުރައްވައެވެ.

އިސްލާމިކް ފައުންޑޭޝަން އޮފް މޯލްޑިވްސް އިންވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ބަޔެއްގެ ސަމާލުކަމަށް އަންނަ ފަދަ ދަރުސްތަކެއް އިންތިޒާމްކޮށްފައެވެ. އޭގެތެރޭގައި 'ބޮޑުވެގެންވާ އިންޒާރު' އާއި 'ވަކިވެގެންދާހިނދު'، 'ލޯބިވީ މީހަކާއި އެކު' އަދި 'ނަރަކަ އެދި ގޮވަނީ ކާކަށް؟' ފަދަ ފުރިހަމަ ދަރުސްތަކެއްވަނީ ބާއްވާފައެވެ.

މިދަރުސް ޓީވީއެމް އިން ލައިވްކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އެޖަމިއްޔާއިން މައުޟޫމާތު ދެއްވައެވެ.

ގުޅުންހުރި

1 ޚިޔާލު

  1. މިދަރުސް ބޭއްވީމައި،ކޮންކަހަލަ ޝަކުވާއެއްތޯ ރައިސް ނަޝީދުގެ އަރިހަށް ދެން އަންނާނީ. ދެން ރޭޑިޔޯ ޚިތޯބުގައި މިވާހަކަ ދައްކާނެ.

Your email address will not be published. Required fields are marked *