ލިޔުނީ : މުޙައްމަދު ވިޝާޙް
އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި އަލްޤައިދާ ގެ ލީޑަރު އުސާމާ ބިން ލާދިން އަވަހާރަ ކޮށްލައިފި ކަމުގެ ހަބަރުތައް ފެތުރެމުން އެބަދެއެވެ. މީޑިޔާގައި ފެތުރެމުން ދާ ހަބަރު ތައް ބުނާ ގޮތުގައި އެމެރިކާގެ ރައީސް ބަރެކް އޮބާމާ މިކަން އިއުލާން ކޮށް ވާހަކަ ވަނީ ހަމަޖެހިފައެވެ. އިންޝާ ﷲ މިކަމާ ބެހޭ އިތުރު މައުލޫމާތު ލިބެމުން ދިޔަހާ އަވަހަކަށް ދި އިސްލާމް ޓިމުން ކިޔުންތެރިންނާ ހަމައަށް ގެނެސް ދެމުން ދާނެއެވެ.
އަޕްޑޭޓްސް :
އެމެރިކާގެ ބައެއް މީޑިއާތަކުން ހާމަކޮށްފައިވަނީ އުސާމާ ބިންލާދިންގެ ހަށިގަނޑު ވަނީ 'ކަނޑުފައްތާފައި'ކަމަށެވެ.
" ޕާކިސްތާނުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އުސާމާ ބިން ލާދިން ވަނީ މަރާލެވިފައި" އެމެރިކާގެ ރައީސް ބެރެކް އޮބާމާ
އިސްލާމް އާބާދުގެ ބޭރުން ގާތް ގަނޑަކަށް ކިލޯ މީޓަރު150 އުތުރުން އަބޮއްޓްއާބާދު ސަހަރުގައި އުސާމާ ބިން ލާދިން މަރާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް އިއުލާން ކޮށްފިއެވެ. އުސާމާ ބިން ލާދިން އަވަހާރަކޮށްލާފައިވަނީ އާދީއްތަ ދުވަހު ޕާކިސްތާނުގައި އެމެރިކާ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
" އެތައް ހާސް ކުށެއް ނެތް މީހުން މަރާފައިވާ ޓެރެރިސްޓް އުސާމާ ބިން ލާދިން މަރާލެވިއްޖެ ކަމުގެ ހަބަރު މިރޭ އަހަންނަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް އަދި ދުނިޔޭ ގެ އެންމެނަށް އިއުލާން ކުރެވޭނެ" އޮބާމާ ގެ ސްޓޭޓް މަންޓެއްގައި ވެއެވެ.
"މި އަދު އަހަރެންގެ ބެލުމުގެ ދަށުން އެ އޮޕަރޭޝަން ވަނީ ކުރިއަށް ގެންދެވިފައި. އެމީ ހުން އުސާމާ ބިން ލާދިން މަރާލި. އަދި އޭނާ ގެ ހަށިގަނޑު ވަނީ އަހަރުމެންގެ ބާރުގެ ދަށުގައި." ބަރަކް އޮބާމާ ބުނެފައިވެއެވެ.
އުސާމާ ބިން ލާދިން މަރާލެވުމަކީ އަލް ޤައިދާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ" އަހަރުމެން އަދި ވެސް ޔަގީން ކަން ދެން، އެމެރިކާއިން ހަނގުރާމު ކުރަނީ މުސްލިމުންނަކާ ނޫން. އުސާމާ އަކީ މުސްލިމް ލީޑަރެއް ނޫން. ނަމަވެސް އެއީ ވަރަށް ގިނަ މުސްލިމުން މަރާފައިވާ " " އޮބާމާ ގެ ބަޔާނުގައި ބުނެފައިވެއެވެ.
ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި މިހާރު އެމެރިކާއިން ދަނީ އުސާމާ ގެ ހަށިގަނޑުން ޑީއެންއޭ ޓެސްޓްތައް ހަދަމުންނެވެ.

















އިންނާލިއްﷲ ވައިންނާ އިލައިހި ރާޖިޢޫން… އުފަދަ އެތައް އުސާމާއެއް އުފައްދާފަ އެދިޔައީ…ﷲ އަކްބަރު…
އެމެރިކާއާއި އެމީހުންގެ ބައިވެރިންނަށް ހީވާކަހަލަ، މީ އުސާމާ އެކަނި ކުރާ ހަނގުރާމަ އެއްހެން! އަދި އެމީހުން މަރާ، ރޭޕްކޮށް، އަސީރު ކުރަނީ އުސާމާ އާއި ބެހޭ މީހުން އެކަނި ހެން…. ދެންދޯ! އުސާމާ މަރުވިޔަސް، މިހާރު އޭގެ އެތައް އުސާމާ އެއް އުޅޭނެކަން ހަމަ ޔަގީން…. ޓެރަރިސްޓުން މަރާލެވުނީމަ އުފާ ފާޅުކުރާމީހުން އުފާ ފާޅުކުރޭ! އެކަމު، ވާނުވާ އޮޅުން ފިލުވާތި… އޭރުން ގިޔާމަތް ދުވަހުން، ﷲގެ ހަޟްރަތުގައި ޖަވާބު ދާރީ ވެވޭނީ! ވިސްނަންޖެހޭ ތަންކޮޅަކީ ކާފަރުން ދުވަހަކުވެސް ބުނާނެބާވަޔޭ، މުސްލިމުންނަކީ ރަނގަޅު ބަޔެކޭ، ނުވަތަ އެމީހުން ކަންތައްކުރަނީ ރަނގަޅައްށޭ! ޤުރުއާނުން އެނގެން އޮންނަގޮތުން، އެމީހުން ދުވަހަކުވެސް ބޭނުންވާނެ ކަމެއްނޫން އެއީ! އަދި ކުރާނެ ކަމެއްވެސް ނޫން.. އަނެއްކޮޅުން ބަލާއިރު، ސޯމާލިޔާގައި އެއުޅޭ ކަނޑުފޭރޭ މީޙުންނާއި ޓެރަރިސްޓުން ވެގެން އެތާގައި އުޅޭ ހެޔޮލަފާ ސަރުކާރުންނާއި ހަނގުރާމަކޮށް ބަލިކޮށް، އެތާގައި އިސްލާމީ ޝަރީއަތް ގާއިމްކޮށްފަ އެވަނީ! ސުވާލެއް ނޫފެދޭބާ، އެކީއްވެބާވައޭ، މުސްލިމުން ޓެރަރިސްޓުންނޭކިޔާ ނަންހަރުކޮށްފައިވާ މީޙުން، އިސްލާމީ ޝަރީއަތް ޤާއިމް ކުރީ؟؟؟ ވިސްނާ މީހުންނަށް އިބުރަތެއްވޭ! މާޝާ ﷲ! އަލީ(ރއ) ވިދާޅުވެ ލައްވާފައިވޭ! “މުސްލިމުންގެ ތެރެއިން އެންމެ ރަނގަޅު މީހުން ވަނީ ކޮންތާކުތޯ ބަލަން ބޭނުމިއްޔާ ކާފަރުންގެ ތީރު އަމާޒުވެފައިވަނީ ކޮންތަނަކަށްތޯ( އަމާޒު ވެފައިވާ މީހުން) ނަކީ ކޮބައިތޯ ބަލާށެވެ.!”
ހަވީރު ނޫހުގައި އަޅުގަނޑުގެ މިކޮމެންޓް ނުޖަހައިދިނެވެ! އެކަމަކު މިއީ ހަމަ އަޅުގަނޑުގެ ހިޔާލެވެ!
އެމެރިކާ އަށް ވ ގިނަފަހަރު އުސާމާ ބިން ލާދިން މަރާލާފައިވޭ. ދެން އޭގެ އަނެއް ދުވަހު އޭނާގެ ލައިވް އޯޑިޔޯ ކްލިޕްތަށް ދަނީ ހާމަވަމުން
އަވަހާރަ ތަ ސަހީދު ތަ؟ އޮސާމާ އާއި އޮބާމާ ހެދި ޑީލެއްގެ ދަށުން އެމެރިކާނުން އައްފާނުން ފައިބަންވެގެން އަރުވާލި އަޑަކާ ވަރަށް ވައްތަރު
ހަމަ ނޭނގެނީތަ މުޖާހިދުން ﷲގެ މަގުގައި ވަނީ ޝަހީދު ކަން.. ޤުރުއާނުގައި އެބައޮތް އެމީހުންނަކީ މަރުވެފައިވާ ބައެއްކަމުގައި ނުބުނުމަށް
އެމެރިކާނުން ހަދަނީ ދޮގުކަން މިކަންތައްތަކުން ސާބިވެއެވެ.
1. އެމީހުންނަށް އެހާ މުހިއްމު، އެހާ ބޭނުންތެރި މީހަކު މަރާފި ނަމަ، ވަގައް ނަމަވެސް ފޮޓޯ އާއި ވީޑިއޯ ނަގާނެވެ. ސައްދާމް އާއި ގެ ފޮޓޯއާއި ވީޑިއޯ ނެގިހެން.. އެކަމު މީގައި ފެންނާކަށް ހެއްކެއް ނެތެވެ.؟
2. މަރާލި ޓްރޫޕްސް އަށް އެވޯރޑްއެއް ދީ ހަދާނެ…
3. ޝެއިޙް އުސާމާއަކީ އެކަނި އުޅޭ މީހެއްނޫން، އޭނާ އާއި އެކީ މުޖާހިދުންވެސް (ސެކިއުރިޓީ) ހަތިޔާރާއިއެކީ އަބަދުހެންވާނެ…އެކަމަކު އެ ކާފަރުން ބުނަނީ 3 މީހުން މަރާލިކަމަށް، އެވިސް ދަރިކަލަކާއި އެކު..
4. ދަރިކަލުންގެ ނަމެއް ހާމަ އެއް ނުކުރޭ…
5. އޭނާގެ ހަށިކޮޅު އެހާ އަވަހަކަށް ނައްތައެއް ނުލާނެ… ފޮނިދައްކަން ނަމަވެސް ބާއްވާނެ….
6. ނޫހުން އާއްމު ކޮށްގެންއެއް….
7.
.6ނޫހުން އާއްމުކޮށްގެން ދެއްކީ ހަދަހަދާއިގެނ އުޅޭ ފޮޓޯއެއް..
.7އެ ފޮޓޯ އަކީ އަސްލެއްނޫން ކަން، އާންމުންނަށް އެނގުނު ކަމުގައިވިޔަސް، އެ އަށް ރައްދެއް ނުދޭ…..
.8އިތުރު ޙެއްކެއް އެމީހުންނަކަށް ނުދެއްކޭ…
.9އެހާދިސާގައި ( ޝަހިދުކޮށްކަލަން އުޅުނު އޮޕަރޭޝަންގައި) އިންޖަރީ ވީ މީހުންވިސް މަރުވި ކަމަށްވީ…އެކަކަށްވެސް އިންޓަވިއު އެއް ދެވޭނެގޮތެއްނުވި… އަދި އިންޖަރީ ވީ ކޮންބަޔަކު ކަންވެސް ނޭގޭ…ހޮސްޕިޓަލަށް ވެސް ބަޔަކު ގެންދިޔަކަމަށްވޭ..އެކަމު އެއީވެސް ކޮންބަޔަކު ކަންވެސް ނޭގޭ…
.10ހަށިކޮޅު، އަވަސް އަވަހަށް ކަނޑުފެއްތީ…މިއީ އެމީހުން ގެ މިކަހަލަ ކަންކަމުގަ ކުރާކަމެއް ކަމުގައި ހިޔެއްނުވޭ….އަދި، އަމުދުން، މިހާ ބޭނުނތެރި މީހަކު މިހާ އަވަހަށް، ވަޅުލުމުގެ ބަދަލުގައި، ކަނޑު ފެއްތީ އޯ… ވަޅުލީމަ އަލުން ކާކުތޯ ބަލަން ނޭގޭނެތީ، ވަޅުނުލާ ކަނޑު ފެއްތީ…ދެން އޭރުން ހެކި ހޯދަން އެއޮށް ބޮޑު ޕެސިފިކް ނޫނީ އެތްލާންޓިކު ކަނޑުން ހޯދަން ނުބުނާނުދޯ… އެމީހުންގެ ބޯދާ، ދެބޯގެރި ވިސްނުން..
މުސްލިމު އަޙުންނަށް އަހުރެން ގޮވާލަން، ބްލައިންޑް ފޮލޯ ނުކުރުމަށް… ތިޔަ ގަބޫލުކުރާ މީހުން ދޫކޮށް، ދެކޮޅު ބަލާ ހެކި ހޯދުމަށް… ދެން އެއަށް ފަހު ތިޔަ ގަބޫލުކުރާ އެއްޗެއް ގަބޫލު ކުރުމަށް… އެމީހުންނަކީ ރަސޫލު (ސ) އަކީވެސް ޓެރަރިސްޓެކޭ ބުނާމީހުން…ސުބުހާނަﷲ.. އަދި އެއީ ހަމަ މުހައްމަދު ބިން އަބްދުލް ވައްޙާބަކީވެސް ޓެރަރިސްޓެކޭ ބުނިމީހުން…. އަދި މިހާރުވެސް އެހެން ބުނާމީހުން…
އަލީ(ރ) ވިދާޅުވި ބަސްކޮޅަށް ހަނދުމަ ކުރޭ..“މުސްލިމުންގެ ތެރެއިން އެންމެ ރަނގަޅު މީހުން ވަނީ ކޮންތާކުތޯ ބަލަން ބޭނުމިއްޔާ ކާފަރުންގެ ތީރު އަމާޒުވެފައިވަނީ ކޮންތަނަކަށްތޯ( އަމާޒު ވެފައިވާ މީހުން) ނަކީ ކޮބައިތޯ ބަލާށެވެ.!”
usama is not only the leader of al gaedha . but he is the leader of the muslims all around the world. i prey to allah that some day this world will have no more infidels but only muslims
ވަރަށް ތާއީދު އެމީހުނަށް ކީއްވެތަ ޝަހީދު ވެފައިވާ ހަށިގަނޑުގެ އެންމެ ފޮޓޮއެއްވެސް ނުދެއްކެނީ
insha allah usama may be alive americans may have killed some one else
މިއީ ޖޯކެއް ނޫން