އަރަބިދުނިޔެ އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އުސާމާ ބިން ލާދިން އަވަހަރާކޮށްލައިފި - ދުނިޔޭގެ މީޑިޔާ

އެމެރިކާ ސިފައިންގެ ހަމަލާއެއްގައި އުސާމާ ބިން ލާދިން އަވަހަރާކޮށްލައިފި - ދުނިޔޭގެ މީޑިޔާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލިޔުނީ : މުޙައްމަދު ވިޝާޙް

އެމެރިކާ ސިފައިން ދިން ހަމަލާއެއްގައި އަލްޤައިދާ ގެ ލީޑަރު އުސާމާ ބިން ލާދިން އަވަހާރަ ކޮށްލައިފި  ކަމުގެ ހަބަރުތައް ފެތުރެމުން އެބަދެއެވެ. މީޑިޔާގައި ފެތުރެމުން ދާ ހަބަރު ތައް ބުނާ ގޮތުގައި  އެމެރިކާގެ ރައީސް ބަރެކް އޮބާމާ މިކަން އިއުލާން ކޮށް ވާހަކަ ވަނީ ހަމަޖެހިފައެވެ.  އިންޝާ ﷲ މިކަމާ ބެހޭ އިތުރު މައުލޫމާތު  ލިބެމުން ދިޔަހާ އަވަހަކަށް ދި އިސްލާމް ޓިމުން ކިޔުންތެރިންނާ ހަމައަށް ގެނެސް ދެމުން ދާނެއެވެ.

އަޕްޑޭޓްސް :

އެމެރިކާގެ ބައެއް މީޑިއާތަކުން ހާމަކޮށްފައިވަނީ އުސާމާ ބިންލާދިންގެ ހަށިގަނޑު ވަނީ 'ކަނޑުފައްތާފައި'ކަމަށެވެ.

" ޕާކިސްތާނުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އުސާމާ ބިން ލާދިން ވަނީ މަރާލެވިފައި" އެމެރިކާގެ ރައީސް ބެރެކް އޮބާމާ

އިސްލާމް އާބާދުގެ ބޭރުން ގާތް ގަނޑަކަށް   ކިލޯ މީޓަރު150  އުތުރުން އަބޮއްޓްއާބާދު ސަހަރުގައި އުސާމާ ބިން ލާދިން މަރާލެވިފައިވާ ކަމަށް އެމެރިކާގެ ރައީސް އިއުލާން ކޮށްފިއެވެ.  އުސާމާ ބިން ލާދިން އަވަހާރަކޮށްލާފައިވަނީ  އާދީއްތަ ދުވަހު ޕާކިސްތާނުގައި އެމެރިކާ ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

" އެތައް ހާސް ކުށެއް ނެތް މީހުން މަރާފައިވާ ޓެރެރިސްޓް އުސާމާ ބިން ލާދިން މަރާލެވިއްޖެ ކަމުގެ ހަބަރު މިރޭ އަހަންނަށް އެމެރިކާގެ ހުރިހާ ރައްޔިތުންނަށް އަދި ދުނިޔޭ ގެ އެންމެނަށް އިއުލާން ކުރެވޭނެ" އޮބާމާ ގެ ސްޓޭޓް މަންޓެއްގައި ވެއެވެ.

"މި އަދު އަހަރެންގެ ބެލުމުގެ ދަށުން އެ އޮޕަރޭޝަން ވަނީ ކުރިއަށް ގެންދެވިފައި. އެމީ ހުން އުސާމާ ބިން ލާދިން މަރާލި. އަދި އޭނާ ގެ ހަށިގަނޑު ވަނީ އަހަރުމެންގެ ބާރުގެ ދަށުގައި." ބަރަކް އޮބާމާ ބުނެފައިވެއެވެ.

އުސާމާ ބިން ލާދިން މަރާލެވުމަކީ އަލް ޤައިދާ އާ ދެކޮޅަށް ކުރި ހަނގުރާމައިގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ" އަހަރުމެން އަދި ވެސް ޔަގީން ކަން ދެން، އެމެރިކާއިން ހަނގުރާމު ކުރަނީ މުސްލިމުންނަކާ ނޫން. އުސާމާ އަކީ މުސްލިމް ލީޑަރެއް ނޫން. ނަމަވެސް އެއީ  ވަރަށް ގިނަ މުސްލިމުން މަރާފައިވާ " " އޮބާމާ ގެ ބަޔާނުގައި ބުނެފައިވެއެވެ.

ހަބަރު ފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި މިހާރު އެމެރިކާއިން ދަނީ އުސާމާ ގެ ހަށިގަނޑުން ޑީއެންއޭ ޓެސްޓްތައް ހަދަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.