'އިސްލާމް ދީނުގައި އަންހެނާގެ މަޤާމް'ގެ މައްޗަށް އަލިއަޅުވާލާ ހުކުރު ދުވަހުގެ ރޭ ދަރުސް އެއް ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
ހުކުރު ދުވަހުގެ ރޭ 8.30 ގައި ޒުވާނުންގެ މަރުކަޒު ސެމިނާ ރޫމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްގައި ތަޤުރީރު ކުރައްވާނީ ޝެއިހް ހައިޝަމް ކަމުގައި ދިއިސްލާމްއަށް ހަބަރު ލިބެއެވެ. ޒުވާން އަންހެން ކުދިންކޮޅެއް އިސްނަގައިގެން ބާއްވާ މިދަރުސް ހާއްސަ ކުރެވިފައިވަނީ 'އަންހެން ކަނބަލުން'ނަށް ކަމަށް ދަރުސް އިންތިޒާމް ކުރައްވާ ފަރާތުން ހާމަކުރައްވައެވެ.
މިދަރުސްއަށް ވީހާވެސް ގިނަ އަންހެން ކަބަލުން ވަޑައިގަތުމަކީ ދަރުސް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުދިންގެ ވަރަށް ބޮޑު އެދުމެކެވެ.
މިއީ ވ އުފާކުރަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ޒުވާން އަންހެން ކުދިންކޮޅެއް އިސްނަގައިގެން ބާއްވާތީއެވެ. މިގޮތުގައި ކުރިއައް އޮތްތާގައިވެސް މިފަދަ އިވެންޓުތަށް ގެންދާނެކަމަށް އުންމީދުކުރަމެވެ!