ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ﷲ ތަޢާލާ ގިނަގިނައިން ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގަންނަވާ: ޝެއިޚް ނުޢުމާން

Allah Thalaage Niumaithakah Shukuruveri Vun Ginakurey: Sheikh Nouman

ﷲ ތަޢާލާ ގިނަގިނައިން ތައުބާވާ އަޅުންދެކެ ލޯބިވެވޮޑިގަންނަވާ ކަމަށް އައްޝައިޚް ނުޢުމާން އަލީ ޚާން ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައިވަނީ ދަރުސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ވިދާޅުވެފައި ވަނީ މީހަކު ކިތަންމެ ނުބައިކޮށް ތިމާއާއި ދޭތެރޭ ކަންތައްކުރި ކަމުގައިވިޔަސް، ނުވަތަ ތިމާއާއި ދޭތެރޭ ގޯސްކޮށް ވާހަކަދައްކާފައިވި ކަމުގައިވިޔަސް ގިނަފަހަރަށް އެމީހުން ފެންނަ ކޮންމެ ފަހަރަކު އެކަން ހަނދާންވެ އަދި ހިތު ތެރޭގައި އެކަން އޮވެއެވެ.

މީގެއިތުރުން ބައެއްފަހަރަށް އެމީހާއާއި އެކީ އުޅެން އުދަނގޫވެ، ކުރީގައި އެމީހާއާއި ބޭއްވި ގާތްކަމާއި ލޯބި ހޯދަން ގިނަ މީހުންނަށް އުދަނގޫވެގެންދެއެވެ. އަދި އެމީހުންނާއި ވާހަކަދައްކާ ހެދިކަމުގައި ވިޔަސް ފަހަރެއްގައި އެމީހުން ކުރިކަންތައް ހަނދާން ނައްތާލާ ގުޅުން ބާއްވަން މަސައްކަތް ކުރި ނަމަވެސް ގިނަމީހުންނަށް ކުރިން ބޭއްވި ގާތްކަމެއް ނުބޭއްވޭނެކަމުގައިވެސް ވިދާޅުވެފައިވެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެންމެ ރަނގަޅު ގޮތަކީ އެމީހަކަށް މަޢާފުކޮށް ﷲ ތަޢާލާގެ ޙަޟްތަރުން ތައުބާވެ ތިބާގެ ފާފަތައް ފުއްސެވުމަށްވެސް އެދުމެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އެއިރުން ލިބިގެން ދާނެކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *