ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މުންކަރާތްތައް މަނާ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެއް: ޝެއިޚް ޝަމްޢޫން

Zuvaan Dhuvas Varu Heyo Amalu Kurun Mathee Dhemi Hurumah Masakkai Kurumakee Varah Muhimmu Kameh: Sheikh Shamoon

މުންކަރާތްތައް މަނާ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެއް ކަމަށް ޝެއިޚް މުހައްމަދު ޝަމްޢޫން ވިދާޅުވެއްޖެއެވެ.

ޝެއިޚް ޝަމްޢޫން މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވެފައި ވަނީ ﷲ ޙަރާމް ކުރެއްވި މުންކަރާތްތައް މިއަދު ފާޅުގައި ކުރެވެމުން ދާކަމަށެވެ. އެގޮތުން ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް ފާޅުގައި ގޮން ޖަހާ، ﷲ ތަޢާލާގެ ދީނަށް ފާޅުގައި ފުރައްސާރަކުރެވެމުން ދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިހުރިހާ ކަމެއް ހިނގަމުން ދާއިރު، އަޅުގަނޑުމެންގެ ތެރޭގައި ޞާލިހުން ތިބިކަމުގައި ވިޔަސް، އިލާހީ ޙަޟްރަތުން ޢާއްމުން ޝާމިލު ވެގެންދާ ފަދަ ކޯފާއެއް އަތުވެދާނެ ކަމަށް އަޅުގަނޑުމެން ބިރުވެތިވާން ޖެހެއެވެ.

އަޅުގަނޑުމެންނަށް އޮތީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ތެރޭގައި މިހިނގާ ފާފަތަކާއި މުންކަރާތްތައް މަނާކުރުން ކަމަށްވެސް ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. މީސްތަކުންގެ ތެރޭގައި މުންކަރާތްތަކަށް އަރައިގަނެވެމުން ދާއިރު އެމަންޒަރު ފެންނަ ޙާލު އެއަށް އިންކާރު ނުކުރާ ކަމަށް ވާނަމަ އެބައި މީހުން އެންމެން ޝާމިލުވެ ޢާއްމު ވެގެންދާފަދަ ކޯފާއެއް އިލާހީ ޙަޟްރަތުން އައުން ކައިރިވެއްޖެއެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެއީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށް ބަލައި މި މަސްއޫލިއްޔަތު އަދާކުރެވޭތޯ މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *