ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ކަންކަން ކާމިޔާބު ވުމަށް އެދޭނަމަ މިސިފަތަކަށް ވިސްނާލަން ޖެހޭ: މުފްތީ މެންކް

Kan Kan Kaamiyaab Vumah Edhey Nama Mi Sifathakah Visnaalan Jehey: Mufthi Menk

ކަންކަން ކާމިޔާބު ވުމަށް އެދޭނަމަ މިސިފަތަކަށް ވިސްނާލަން ޖެހޭނެ ކަމަށް ޒިމްބާބްވޭގެ މުފްތީ ޢިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

އެކަންކަމަށް އަމުރުކުރަނީ ކީރިތި ޤުރްއާނުގައި އެކަންކަމަށް އަމުރުކުރަން އަންގަވައި ވަޙީކުރައްވަވާފައި އޮތުމުންނެވެ. އެކަންކަމުގެ ތެރޭގައި "ޢަދުލުވެރިވުމާއި އިޙްޞާންތެރިވުމާއި މީސްތަކުންނަށް ހެޔޮކޮށް ހިތުން" ހިމެނެއެވެ

މި 3 ސިފައަކީ އެ ސިފަތައް އެމީހެއްގެ ކިބައިގައި ހުރެގެން މެނުވީ ތިމާގެ އީމާންކަމާއި އިސްލާމްކަންވެސް ފުރިހަމަ ނުވާނެ ސިފަތަކެވެ. ފުރަތަމަ ކަމަކަށް ޢަދުލުވެރިވުން ބަލައިފިނަމަ އެއީ ހަމައެކަނި ޝަރީޢަތްކުރާ ފަނޑިޔާރުންނަށް އޮތް ބަސްފުޅެއް ނޫނެވެ. ތިމާކުރާ ކޮންމެ ކަމެއްގައިވެސް ޢަދުލުވެރިވެ، އިޙްސާންތެރިވެ،ކުރާ ކޮންމެ ކަމެއްގައިވެސް ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކޮށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ގޮތަށް ކަންކަން ކުރުމާއި ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.

އަހަރެމެން މަސައްކަތްކުރަންވީ ދުނިޔެއާއި އާޚިރަތް ކާމިޔާބުކުރުމަށެވެ. އެކަމަށް މަސައްކަތްކުރަންވީ މަގުވެސް ﷲ ތަޢާލާ ވަނީ އަންގަވައިދެއްވަވައިފައެވެ.

ހަމައެއާއިއެކު ﷲ ތައާލާ ނަހީކުރައްވަވާފައިވާ ކަންކަން މަނާކުރާ މީހަކަށްވުމަށާއި ނަހީކުރެއްވެވި އެއްވެސް އަމަލެއް ނުކުރުމަށްވެސް  އަމުރުކުރައްވާފައިވެއެވެ. އަދި ހެޔޮ ކަންތައްތަކަށް އަމުރުކުރުމަށާއި ހެޔޮ އަމަލުތައް ކުރުމަށްވެސް ވަނީ އަމުރުފުޅުކުރައްވަވައިފައެވެ.

ދެން ބަލައިލަންވީ މިފަދައިން ޢަމަލުކުރާ މީހުންނަށް ﷲ ތަޢާލާ ދެއްވަވާނެ ނިޢްމަތްތަކަށެވެ. ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެމީހާ އެދޭކަންކަން ހިންމަވައި ދެއްވަވާނެ ކަމަށެވެ. އެބަސްފުޅުގެ މާނައަކީ ދުނިޔެއާއި އާޚިރަތުގައިވެސް އެމީހާއަށް ހެޔޮ ރަޙްމަތް ލައްވަވާނެ ކަމެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދެން ބޭނުންވާ ފުރަތަމަ ކަމަކަށް ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *