ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވޭ: ޝެއިޚް ނާޒިޙް

Sihath Salaamathun Beheettumah Takaa Islam Dheen Varah Bodah Baaru Alhuvaafa Ve: Sheikh Naazih

ސިއްހަތު ސަލާމަތުން ބެހެއްޓުމަށްޓަކައި އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށް އައްޝައިޚް އަޙްމަދު ނާޒިޙް ވިދާޅުވެއްޖެއެވެ.

ޝެއިޚް ނާޒިޙް މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނަބިއްޔާ ސައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. ގިނަ މީސްތަކުން އެދެނިޢުމަތާ މެދު ޣާފިލްވާ ދެ ނިޢުމަތެއް ވެއެވެ. އެ ދެނިޢުމަތަކީ ސިއްހަތާއި ހުސްވަގުތެވެ. ފުރިހަމަ ސިއްހަތެއްގައި ހުންނަ މީހަކަށް އެއީ ކިހާ މަތިވެރި ނިޢުމަތެއްކަން އިޙްސާސް ކުރެވެނީ އެ ގެއްލިގެން ދިއުމަށް ފަހުގައެވެ. އެއަށް ފަހު ހުސް ވަގުތަކީ ވެސް އެ ހުސް ވަގުތު އޮންނަ މީހާއަށް އެއީ ކިހާ މަތިވެރި ނިޢުމަތެއްކަން ހާސިލް ނުކުރެވޭ ފަދަ ނިޢުމަތެކެވެ.

ﷲ ތަޢާލާ ކީރިތި ޤުރްއާނުގައި ސިއްޙަތު ސަލާމަތުން ބެހެއްޓުމަށް އިރުޝާދު ދެއްވަމުން ވަހީ ކުރައްވާފައި ވަނީ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުންގެ އަމިއްލަ އަތްތަކުން ހަލާކުގެ ތެރެއަށް އެއްލާ ނުލާށެވެ. މީގެ އިތުރުން އަމިއްލަ ނަފްސުތަކަށް ގެއްލުން ދިނުން އިސްލާމް ދީނުގައި ވަނީ ޙަރާމް ކުރައްވާފައެވެ.

މީގެ އިތުރުން އަޅުގަނޑުމެން މިހާރު ގުނަމުން މިދާ ދުވަސްތަކަކީ ސިއްހީ ގޮތުން އަޅުގަނޑުމެން ވަރަށް ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ޖެހޭ ފަދަ ދުވަސް ތަކެއް ކަމުން މިދުވަސްތަކުގައި އަޅުގަނޑުމެން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ޢަމަލުކުރާ ކަމަށްވާނަަމަ ﷲ ގެ އިރާދަފުޅުން ސިއްހަތު ސަލާމަތުން ބެހެއްޓޭނެ ކަމަށް ޝެއިޚް ވަނީ ވިދާޅުވެފައެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ﷲ ތަޢާލާ އަޅުގަނޑުމެން އެންމެންނަކީވެސް މި ސިއްހަތުގެ ނިޢުމަތަށް ރައްކައުތެރިވާ ބައެއް ކަމުގައި ލެއްވުމަށް އެދި ދުޢާކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *