ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މީސްތަކުންނާއިމެދު ނުބައިކޮށް ވިސްނާ ނަމަ ތިމާއަށް ނުބައިގޮތްތައް މެދުވެރި ވެދާނެކަމަށް ބިރުވެތިވޭ: މުފްތީ މެންކް

Komme Kamakun Shifa Hoadhan Ves Kiyavan Jeheyny Keerithi Quran Aa Sunnathun: Mufthi Menk

މީސްތަކުންނާއި މެދު ނުބައިކޮށް ވިސްނާ ނަމަ އެކުރެވޭ ފާފައިގެ ސަބަބުން ތިމާއަށް ނުބައިގޮތްތައް މެދުވެރި ވެދާނެ ކަމަށް ބިރުވެތިވުމަށް ޒިމްބާބްވޭގެ މުފްތީ އިސްމާޢީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.

މިގޮތުން ޝެއިޚްގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައިވަނީ މީހަކު މިސްކިތައް އަރާތަން ފެނުމުން އެއީ ކަން ދައްކަން މިސްކިތައް އަރާ މީހަކު ކަމަށް އެބަ ވިސްނާ ކަމަށާއި، މިސްކިތުގައި މީހަކު ފޯނު ހިފައިގެން ގިނައިރު ވެއްޖެނަމަ އެކުރާ ކަމަކީ ގޭމް ކުޅުން ކަމަށް އެބަ ވިސްނާ ކަމަށެވެ. ނަމަވެސް އޭނާ މިސްކިތައް އެރި ނިޔަތާ ފޯނުކުރި ކޮން ސަބަބަކުކަން ﷲ ތަޢާލާ ދެކެދެނެވޮޑިގެން ވާކަން އެބަ އެނގެއެވެ. އެހެންކަމުން އެކަން ބެލުމުގެ ޙައްގެއް އެއްވެސް އިންސާނަކަށް ނުވާކަމަށެވެ.

އަދި ހަމަ އެހެންމެ ދަންވަރު އަންހެނަކު މަގުމަތިން ފެނިއްޖެ ނަމަ އޭނާއާއި މެދު ޝައްކު ކުރާކަމަށާއި ކައިވެނީގެ ތަންކޮޅެއް ކުރީކޮޅު އަނބިމީހާ ބަލިވެ އިނދެއްޖެނަމަ އެކަން މެދުވެރިވި ގޮތަކާއިމެދު ޝައްކުރާކަމަށެވެ. ކައިވެނިކުރީ ބަލިވެ އިނދެގެން ކަމަށް ޝައްކުކުރާ ކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެހެން މީހުންގެ ނިޔަތާއި މެދު، މީހުން ކުރާ ކަންކަމާއި މެދު ވިސްނައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި އެކަމަށް ހޭދަކުރާ ވަގުތުތަކަކީ ﷲ ތަޢާލާ އާއި މެދު ވިސްނަން ހޭދަކުރާ ވަގުތުތަކެއް ކަމުގައި ހަދައިފިނަމަ މާ ރަނގަޅު ވާނެ ކަމަށާއި، ދޮގު ތުހުމަތު ކުރެވިގެން ފާފަވެރި ވުމުގެ ބަދަލުގައި ޘަވާބު ލިބޭނެ ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *