އެމީހެއްގެ މައިންބަފައިންނަށް ލޯބިދީ، އަޅާލައި، އެހީތެރިވެ، އުފަލުގަ ބައިތިއްބާނަމަ އެމީހަކަށް ﷲ ގެ ރުހިވޮޑިގަތުން ލިބޭނެ ކަމަށް ޒިމްބާބްވޭގެ މުފްތީ އިސްމާއީލް އިބްނު މޫސާ މެންކް ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން މުފްތީ މެންކްގެ ވާހަކަފުޅުގައި ވިދާޅުވެފައި ވަނީ ﷲ ތަޢާލާގެ ރަޙްމަތަށް އެދުމަށްޓަކައި ކުރަން އޮތް އެންމެ މުހިއްމު ކަމަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތުންކަމެވެ. އެގޮތުން ފޯނުކޮށް އެމީހުންގެ ޙާލު ބަލައި ފޯނު ނުނަގައި ނަމަ މެސެޖު ކުރުމަށްވެސް ޝެއިޚްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.
ﷲ ތަޢާލާ ވަނީ މީހަކަށް ހެޔޮކޮށް ހިތައި އެހީތެރިވާނަމަ އެމީހަކަށް އެހީތެރިވެވޮޑިގަތުން މަތީގައި ދެމިވޮޑިގެން ހުންނަވާނެ ކަމަށް ވަޙީ ކުރައްވާފައިވާއިރު އެމީހެއްގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާމީހަކަށް ލައްވަވާނެ ރަޙްމަތުގެ ބޮޑުކަން ހިތަށް ގެނައުމަށްވެސް ވަނީ ވިދާޅުވެފައެވެ.
ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ތިމާގެ މައިންބަފައިންނަށް ރަޙްމަތް ލެއްވެވުން އެދި ތިބާ ދުޢާ ކުރުމުން މަލާއިކަން ތިބާއަށް ރަޙްމަތް ލެއްވެވުން އެދި ދުޢާ ކުރައްވާ ކަމަށެވެ.
ޚިޔާލު