ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ﷲގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލައްވާ: ޝެއިޚް އާދަމް ނިޝާން

Allah Ge Rahmathun Ummeedhu Kadaa Nulavvaa: Sheikh Adam Nishaan

ﷲގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލުމަށް ޝެއިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ޝެއިޚް ނިޝާން މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝެއިޚް ނިޝާން ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ކޮންމެ އިންސާނަކީވެސް ފާފަ ކުރެވޭ މީހަކަށް ވާތީ ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ އަޅުގަނޑުމެންނަށް ތައުބާވުން ޝަރުޢު ކުރައްވާފައެވެ. އިންސާނާ ނޭވާ ހޮޅިއަށް އެޅިއްޖެއުމަށް ދާންދެން ނުވަތަ ހުޅަނގު ފަރާތުން އިރުއެރުމަށް ދާންދެން އެ އިންސާނާއަށް ތައުބާވުމުގެ ފުރުސަތު ﷲ ސުބްހާނަހޫ ވަތަޢާލާ ވަނީ ދެއްވާފައެވެ.

އަދިވެސް އިތުރަށް ޝެއިޚް ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ހާސްކަމާއި ކަންބޮޑު ވުމުގެ ތެރޭގައި ގިނަފަހަރަށް އުޅެން ޖެހިފައި ވަނީ ފާފަތަކަށް އަރައި ގަތުން ގިނަވުމުގެ ސަބަބުންނެވެ. އަދި އެފާފަތަކުގެ ސަބަބުން ބައެއް ފަހަރަށް ﷲ ސުބްހާނަހޫ ވަތަޢާލާ ތިމަންނަގެ ފާފަތަށް ނުފުއްސަވާފާނެއޭ އަދި މިކަމުން ތައުބާވާނީ ކިހިނެއްތޯ ހިތަށް އަރާ ފަހަރު ވެސް އާދެއެވެ.

ނަމަވެސް ﷲގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާށެވެ. އަދި ﷲ ތަޢާލާ ޤުރައާނުގައި އަންގަވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. ތިމަން ﷲގެ އަޅުތަކުންނޭވެ. ތިޔަބައި މީހުން ﷲގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާށެވެ.

އެހެންކަމުން ނިންމަވާލައްވަމުން ޝެއިޚް ވިދާޅުވީ ﷲ ޞުބްޙާނަހޫ ވަތަޢާލާގެ ޙަޒްރަތުން ތެދުވެރިކަމާއި އިޚްލާސްތެރި ކަމާއެކު އިންސާނާއަށް ކުރެވިފައިހުރި ފާފަތަށް ފުއްސެވުމަށް އެދި ދަންނަވައިފި އަޅަކަށް ﷲ އެފާފަތަށް ފުއްސަވާ ދެއްވާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *