ޖަމްޢިއްޔަތުއް ސަލަފްގެ ފަރާތުން ތަފްސީރު ކިލާހެއް ކުރިއަށް ގެންދެވުމަށް ހަމަޖައްސަވައިފިއެވެ.
"ޤުރްއާނުގެ ހިޔަލުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިކިލާހުގައި ކުރިއަށް ގެންދެވުމަށް ހަމަޖައްސަވާފައިވަނީ ސޫރަތުލް ކަހްފުގެ ތަފްސީރެވެ.
"ޤުރުއާނުގެ ހިޔަލުގައި" މިކިލާހުގައި ކިޔަވާދެއްވަން ހަމަޖެހިފައިވަނީ ޖަމްޢިއްޔާގެ ރައީސް އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމެވެ. ޝައިޚު ޢަބްދުﷲ މިކިލާސްތައް ކުރިއަށް ގެންދަވާނީ ވީޑިއޯ ކޮންފަރެންސް ކޯލް ޕްލެޓްފޯރމެއްކަމަށްވާ ޒޫމް އެޕްލިކޭޝަން މެދުވެރިކުރައްވާ ކޮންމެ ހުކުރު ވިލޭރެއެއްގެ 10.30 އިން 11.00 އަށެވެ.
ޖަމްޢިއްޔަތުއްސަލަފުގެ ޓްވިޓަރގައި މިކިލާސްތަކުގައި ބައިވެރިވެވަޑައިގަތުމަށް ފުރުޞަތު މިހާރުވަނީ ހުޅުވާލައްވާފައެވެ. ކިލާހުގައި ރެޖިސްޓްރީ ކުރައްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން އެބޭފުޅުން ދެއްވާފައިވާ ލިންކުގައިވާ ގޫގުލް ފޯރމު ފުރުއްވުމުން ބައިވެރިވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނެއެވެ. އަދި ބައިވެރިވެވަޑައިގަތުމަށްފަހު ކިލާހުގެ ގަޑިޖެހުމުގެ 10 މިނެޓު ކުރިން ކިލާހަށް ވަދެވޭ ލިންކު އެދަރިވަރަކަށް ފޮނުއްވޭނެއެވެ.
ޚިޔާލު