ދުނިޔެ

ޢީދު ދުވަހުވެސް އިޒްރޭލުން ފަލަސްތީނު ރައްޔިތުންގެ ލޭއޮހޮރުވާލައިފި

އިއްޔެ ފާހަގަކުރި މުސްލިމުންގެ އަޟްހާ ޢީދު ދުވަހު އިޒްރޭލު ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާދީ ލޭ އޮހޮރުވާލައިފިއެވެ.

ޤަވައިދާ ޚިލާފަށް ފަލަސްތީނުގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ 1729 މީހަކު އަޤްޞާ މިސްކިތުގެ ތެރެއަށް ވެއްދުމަށް އިޒްރޭލު ސިފައިން ހިންގި ހަމަނުޖެހުމުގައި އެވަގުތު އަޤްޞާ މިސްކިތަށް ޢީދު ނަމާދަށް ޙާޟިރުވެތިބި ފަލަސްތީނުގެ ރައްޔިތުންނަށްވަނީ ހަމަލާދީފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓާއި ހަވާލާދީ އަނަދަލޫ ނިއުސް އޭޖެންސީއިން ހާމަކުރި ގޮތުގައި ރަބަރު އުންޑައާއި ކަރުނަގޭހާއި ސްޓަން ގްރެނޭޑް ބޭނުންކޮށްގެން އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ފަލަސްތީނު ރައްޔިތުންގެ 61 މީހަކުވަނީ ޒަޚަމްވެފައެވެ. މީގެ ތެރެއިން 16 މީހަކު އިތުރު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށްވެސް ފަލަސްތީނު ރެޑް ކްރެސެންޓާއި ހަވާލާދީ އަނަދަލޫއިން ހާމަކުރެއެވެ.

އިއްޔެގެ ޢީދު ނަމާދަށް ގިނަ އަދަދެއްގެ މުސްލިމުން އަޤްޞާ މިސްކިތަށް ޖަމާވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ