ދުނިޔެ

އީމާންތެރިކަމަށް އަސަރުކުރާތީ ޒާއިރާ ވަސީމް ފިލްމުކުޅުމާއި ދުރަށް

ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާއިރު އީމާންތެރިކަމަށް އަސަރުކޮށް ދީނާއި އޮންނަ ގުޅުން ހީނަރުވާތީ ބޮލީވުޑްގެ ބަޠަލާ ޒާއިރާ ވަސީމް ފިލްމު ކުޅުންހުއްޓާލާ އިންޑަސްޓްރީއާއި ދުރަށް ހިނގައްޖެއެވެ.

ބޮލީވުޑްގައި މީހާތަނަށް ކުޅުނު ދެފިލްމުވެސް ސުޕަރ ހިޓަކަށްވެ އެވޯޑުތަކާއި ބޮޑު މަޝްހޫރުކަމެއް ލިބިފައިވާ ޒުވާން ބަޠަލާ ޒާއިރާ ފިލްމު އިންޑަސްޓްރީ ދޫކޮށްލިކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައިކޮށްފައިވާ ޕޯސްޓެއްގައެވެ.

މިޕޯސްޓުގައި ޒާއިރާ ބުނެފައިވަނީ ފިލްމު އިންޑަސްޓްރީ އޭނާއަށް ކިތަންމެ ހެޔޮވަރަސް އެތަނަކީ އޭނާއަށް އެކަށީގެންވާ ތަނެއް ނޫން ކަމަށާއި ފިލްމީ ދާއިރާގައި މަސައްކަތް ކޮށްގެން ކިތަންމެ ބޮޑު މަޝްހޫރުކަމެއް ލިބުނަސް އެކަމުގެ ސަބަބުން ހިތްހަމަޖެހުމެއް ނުލިބޭ ކަމަށެވެ. އަދި ފިލްމީ މަސައްކަތުގެ ސަބަބުން އެނާގެ އީމާންތެރިކަން ބަލިކަށިވާކަމަށާއި އެކަމުން އޭނާގެ ދިރިއުޅުމުން ބަރަކާތް ކެނޑިގެންދާ ކަމަށް ޒާއިރާ ބުނެފައިވެއެވެ.

މިޕޯސްޓަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކާއި އުމަރު ސުލައިމާނުވެސް ވަނީ ޒައިރާއަށް ތެދު މަގު ދެއްކުމަށް އެދޭކަމަށް ބުނެ ކޮމެންޓް ކޮށްފައެވެ.

ކަޝްމީރަށް ނިސްބަތްވާ ޒާއިރާ ފިލްމު އިންޑަސްޓްރީ ދޫކޮށްލާ އޭނާ މިހާރުވަނީ އިންސްޓަގްރާމްގައިހުރި އޭނާގެ ފޮޓޯތައްވެސް ފުހެލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ