މަޝްހޫރު ސްވިސް ޗޮކްލެޓް ބްރޭންޑެއް ކަމުގައިވާ ޓޮބްލެރޯންއަށް ހަލާލް ސެޓްފިކެޓް ދިނުމުގެ ސަބަބުން ކާފަރުން ރުޅިގަދަ ވެއްޖެއެވެ.
ޓޮބްލެރޯންއަށް ހަލާލް ސެޓްފިކެޓް ދިނުމާއި ގުޅިގެން ރުޅިގަދަވި މީހުން ބުނަމުން އަންނަނީ ޓޮބްލެރޯންގެ އަސްލު ބަދަލުކޮށްފި ކަމަށެވެ. އަދި ފޭސްބުކާއި ޓުވިޓަރ ފަދަ ތަންތަނުގައި ޓޮބްލެރޯން ޗޮކްލެޓް ބޮއިކޮޓް ކުރުމަށްވެސް އަންނަނީ ގޮވަމުންނެވެ.
މިކަމެއް ފެށިފައިވަނީ ބްލިކް ނޫހުން ޓޮބްލެރޯންއަށް ހަލާލް ސެޓްފިކެޓް ލިބިއްޖެކަމަށް ރިޕޯޓްކުރުމާއި ގުޅިގެންނެވެ. މިކަމާއި ގުޅިގެން ޓޮބްލެރޯން އުފައްދާ މޮންޑަލެޒް ކުންފުނީގެ ތަރުޖަމާނު ބުނެފައިވަނީ މިއަހަރުގެ އޭޕްރީލްމަހު ޓޮބްލެރޯންއަށް ހަލާލު ސެޓްފިކެޓް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ޓޮބްލެރޯން އުފެއްދުމުގައި ބޭނުންކުރާ އެއްވެސް ބާވަތެއް ބަދަލު ނުކުރާ ކަމަށެވެ. އަދި އެގޮތަށް ދައްކަމުންދާ ވާހަކަތައް އޭނާވަނީ ދޮގުކޮށްފައެވެ.
މޮންޑަލެޒް ކުންފުނީގެ ތަރުޖަމާނާއި ހަވާލާދީ ތުރުކީގެ ޑެއިލީ ސަބާހް ނޫހުން ބުނެފައިވަނީ ޓޮބްލެރޯން އުފެއްދުމުގައި އެއިގެ ރެސިޕީއަށް ބަދަލު ނުގެންނަކަމަށާއި ހަމައެކަނި ޓޮބްލެރޯން އުފެއްދުމުގައި ކުރިން ބޭނުންކުރަމުންއައި އޫރުގެ ސަރުބީގެ ބާވަތެއް ކަމުގައިވާ "ލާރޑް" އާއި ރަލުގެ ބާވަތްތައް ބޭނުންކުރުން ހުއްޓާލީ ކަމަށެވެ.
ހަލާލް ސެޓްފިކެޓް ލިބުމުން ޓޮބްލެރޯން ކާހިތްވާ މުސްލިމުން ހިތްހަމަ ޖެހުނަސް އެއިގެ ކުރީގެ އުފެއްދުންތަކުގައި ރަލާއި އޫރުގެ ސަރުބީ ބޭނުންކުރިތޯ އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެހެންނަމަވެސް 2016 ވަނަ އަހަރުގެ ޑިސެމްބަރ މަހު މެލޭޝިއާގެ ޑިޕާރޓްމަންޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް (ޖާކިމް) އާއި ހަވާލާދީ މޮންޑަލެޒްގެ މެލޭޝިއާ ކުންފުނިން ހާމަކޮށްފައިވަ ގޮތުގައި ޓޮބްލެރޯން އުފެއްދުމުގައި ބޭނުންކުރަނީ މުސްލިމުންނަށްވެސް ކެއުން ހުއްދަ ބާވަތްތަކެވެ.

















ޚިޔާލު