އެމެރިކާގެ 41 ވަނަ ރައީސްކަންކުރި ޖޯޖް ހަބާޓް ވޯކަރ ބުޝް އުމުރުން 94 އަހަރުގައި މަރުވެއްޖެއެވެ.
1989 އިން ފެށިގެން 1993 ހަމައަށް އެމެރިކާގެ ރައީސްކަންކުރި ޖޯޖް ބުޝް މަރުވެފައިވާ ކަން އޭނާގެ އާއިލާއިންވަނީ ހާމަކޮށްފައެވެ. ހުކުރުދުވަހު ޖޯޖް ބުޝް މަރުވެފައިވާއިރު މީގެ 8 މަސް ކުރިން އޭނާގެ އަންހެނުން ބާބަރާ ބުޝްވެސް ވަނީ މަރުވެފައެވެ.
1991 ވަނަ އަހަރު ގަލްފު ހަނގުރާމައިގައި އިރާޤުން އަރާ ކުވެއިތު ހިފުމާ ގުޅިގެން ޖޯޖް ބުޝްގެ އެންގުމަށް އެމެެރިކާ އިސްވެ އޮވެ 35 ޤައުމު ހިމެނޭ ގޮތަށް ކޯލިޝަނެއް ހަދާ "ސަހަރާގެ ތޫފާން" ނަމުގައި އިރާޤުގެ ރައީސް ސައްދާމް ހުސައިންއާއި ދެކޮޅަށް ވަނީ ހަނގުރާމަ ކޮށްފައެވެ. އެމެރިކާ އިސްވެ އޮވެ އިރާޤަށް ދިން ހަމަލާތަކުގައ 200،000 އެއްހާ އިރާޤު ރައްޔިތުން މަރުވެފައިވާއިރު ބުޝް މަޝްހޫރުވެފައިވަނީވެސް "ބަޤުދާދު ކަތިލި" މިހާގެ ގޮތުގައެވެ.
ރައީސް ކަމަށް އިންތިހާބު ވުމުގެ ކުރިން ބުޝްވަނީ އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ސަރުކާރުގައި ނައިބް ރައީސެއްގެ ގޮތުގައި ދެ ދައުރު ހުރެފައެވެ.

















ޚިޔާލު