ދުނިޔެ

ޒަޚަމްވެފައިވާ މީހުންނަށް ފަރުވާ ނުދެވި ޣައްޒާގެ ހޮސްޕިޓަލްތައް ތޮއްޖެހިފައި: ރިޕޯޓް

އިޒްރޭލުގެ ބަޑީގެ ހަމަލާތަކުގައި ޒަޚަމްވެގެެން ހޮސްޕިޓަލަށް ގެންގޮސްފައިވާ މީހުންނަށް ފަރުވާ ނުދެވި ހޮސްޕިޓަލްތައް ތޮއްޖެހިފައިވާ ކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑާރސް (އެމްއެސްއެފް) އިން ނެރުނު ރިޕޯޓަކުން ހާމަކޮށްފިއެވެ.

އެމްއެސްއެފްގެ ރިޕޯޓުގައި ބުނެފައިވަނީ މިހާރުވެސް ފުނޑުވުމާއި ކައިރީގައިވާ ޣައްޒާގެ ސިއްޚީ ނިޒާމުގެ ތެރެއިން އެކަށީގެންވާ ފަރުވާ ޒަޚަމްވެފައިވާ މީހުންނަށް ނުދެވި އިންފެކްޝަން ފެތުރި ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެދާނެ ކަމުގެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.

ޒަޚަމްވެ ފަރުވާ ނުދެވިފައިވާ މީހުންނަކީ އިޒްރޭލުގެ ހިޞާރު ނައްތާލުމަށް މާޗްމަހުން ފެށިގެން ކުރިއަށް ގެންދާ އިހުތިޖާޖުތަކަށް ހަމަލާދީ އިޒްރޭލުން ޒަޚަމް ކޮށްލާފައިވާ މީހުންނެވެ. މިހަމަލާތަކުގައި 6000 އެއްހާ ޣައްޒާގެ ރައްޔިތުންވަނީ އިޒްރޭލުން ހަމަލާދީ ޒަޚަމް ކޮށްލާފައެވެ.

އެމްއެސްއެފްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެކަށީގެންވާ ފަރުވާ އަވަހަށް ނުދެވިއްޖެނަމަ 1000 އެއްހާ މީހުންނަށް އިންފެކްޝަންގެ ސަބަބުން ހަށިގަނޑުން ގުނަވަނެއް ވަކޮކޮށްލަންޖެހުމުގެ ނުވަތަ މަރުވުމުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ.

ޒަޚަމްވި ގިނަ ބަޔަކަށް އެމްއެސްއެފްއިން ފަރުވާ ދިނުމަށް ހަރަކާތްތެރިވެފައިވާ އިރު އިޒްރޭލުން ގިނަ މީހުންނަށް ހަމަލާދީފައިވަނީ އެމީހުންގެ ފަޔަށް ބަޑި ޖަހައިގެން ކަމަށް އެމްއެސްއެފްގެ ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ