ދުނިޔެ

ތުރުކީގެ އިންތިހާބު އެއްބުރުން އުރުދުޣާން ކާމިޔާބު ކުރައްވައިފި

ތުރުކީގައި މިއަދު ކުރިއަށްދިޔަ އިންތިހާބު މިހާރުގެވެސް ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ކާމިޔާބު ކުރައްވާފައިވާ ކަމަށް އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.

ތުރުކީ ގަޑިން މިއަދު ހެނދުނު 8 ޖަހާއިރު ވޯޓުލުން ފެށިއިރު މިފަހަރުގެ އިންތިހާބުގައި ވޯޓުލުމަށް 58 މިލިއަނަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވާއިރު 180،000 އަށްވުރެން ގިނަ ވޯޓް ފޮށި ބަހައްޓާފައިވެއެވެ.

މިއާއެކު މިއަދު ބޭއްވި ޤާނޫނު ހަދާ މަޖްލިސްގެ އަޣްލަބިއްޔަތުވެސް އޭކޭ ޕާޓީ ނިސްބަތްވާ ރައްޔިތުންގެ އިއްތިހާދުންވަނީ ހޯދާފައެވެ.

މިއިންތިހާބާއެކު ތުރުކީގައި ރިޔާސީ ނިޒާމަކަށް އަމަލު ކުރެވެން ފަށާނެއެވެ. މިއާއެކު ރައީސަށް ކުރިން ނުލިބޭ ބާރުތަކާއި މަސްޢޫލިއްޔަތު ތަކެއް ލިބިގެން ދާނެއެވެ.

އިތުރު ތަފްސީލް އަންނަނީ...

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ