ދުނިޔެ

އުންޑައިން ބައްޔެއް ނުކުރެވުނު - ރަޒަންގެ މަންމަ މައިދާނަށް

ބުނެއުޅެއެވެ. މިއަދުގެ ދުނިޔޭގައި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އުފައްދާ އުޅެނީ ޗައިނާގައެވެ. އެންމެ އެއްޗެއް މެނުވީއެވެ. އެއީ ހިތްވަރެވެ. ހިތްވަރު އުފައްދަނީ ފަލަސްތީނުގައެވެ.

ތެދެކެވެ. ދުނިޔޭގެ ބާރުތަކުން ފަލަސްތީނުގެ ބިން ހައްދުފަހަނަ އެޅި ޔަހޫދީންނަށް ހިބަކޮށްދިންތާ 70 އަހަރުވެފައިވާއިރު، މި 70 އަހަރުތެރޭގައި ބަދަލުނުވި އެއްޗަކީ ފަލަސްތީނު ރައްޔިތުންގެ ހިތްވަރެވެ. އަމިއްލަ ވަޠަނާއި ގެދޮރުގެ ދިފާޢުގައި ފަލަސްތީނުގެ އަޚުންނާއި އުޚްތުން ކުރަމުންދާ ހަނގުރާމައިގައި ފަހަަތަށްޖެހުމެއްނެތެވެ. އޮށް ގަލުން ތަޅައިގެން ނަމަވެސް ޔަހޫދީން އެބިމުން ފައްސާލުމަށް ފަލަސްތީނު ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. މިކަން ޙާސިލްކުރުމަށް އެންމެ ތުއްތު ކުއްޖާއިން ފެށިގެން އެންމެ ދުވަސްވީ މުސްކުޅި މީހާގެ ހިތްވަރަށް ބަދަލެއް ނާދެއެވެ.

ދާދިފަހުން މިފަދަ ހިތްވަރެއް ކުރީ ރަޒާން އަލް ނައްޖާރެވެ. ސިޙްޔޫނީންގެ ހަމަލާތަކަށް ފަސްޖެހުމެއްނެތި އެމީހުންގެ ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް ފަރުވާދިނުމަށް އިހުތިޖާޖުގެ މައިދާނުގައި ސާބިތުވެ ހުއްޓެވެ.21 އަހަރުގެ ޒުވާން ނަރުސްގެ ހިތްވަރު މުޅި އިޒްރޭލުގެ ލަޝްކަރުވެސް ލަދު ގަންނަވާލި ކަހަލައެވެ. ގޮތް ހުސްވުމުން ބަޑިން ހަމަލާދީ ޖޫން މަހުގެ އެއްވަނަ ދުވަހު އިޒްރާއިލް ސިފައިން ރަޒަން ޝަހީދު ކޮށްލިއެވެ.

ޚާން ޔޫނުސްގައި ރަޒަންގެ ގެއަށް އޭނާގެ ލެއިން ތަތްތެޅިފައިވާ ޔުނިފޯމް ގެންދެވުމާއެކު އެނާގެ މަންމައަށް ކެތްނުކުރެވިގެން އަނބުރައިގަތެވެ. ރަޒަންއާއި ގުޅޭގޮތުން އޭނާގެ މަންމަ ބުނެފައިވެއެވެ.

"އަހަރެންގެ ދަރިފުޅަކީ ޓެރަރިސްޓެއް ނޫން. ހަޤީގީ ޓެރަރިސްޓުންނަކީ ސިޙްޔޫނީން. އެމީހުން އިންސާނީ ހައްޤުގެ ވާހަކަދައްކާ . ކޮބާ އަހަރެން ދަރިފުޅުގެ އިންސާނީ ޙައްޤު؟"

ދެން ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މިދިޔަ ހުކުރު ދުވަހުގެ އިހްތިޖާޖުގައި ޒަޚަމްވީ މީހުންނަށް ފަރުވާ ދިނުމަށް ރަޒަންގެ މަންމަ މައިދާނަށް ނިކުތެވެ. ދަރިފުޅި ކިބައިން ހިތްވަރުލިބި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް ހިތްވަރާއެކު މަސައްކަތްކުރިއެވެ. ރަޒަން ނެތުމުގެ ފަޅުކަން ފިލުވާލާ ޕެރަމެޑިކް ޓީމަށް ރޫހް ގެނެސްދިނެވެ. އުންޑައިގެ ބިރަށް ފަހަތަށް ނުޖެހޭނެކަން ސިޙްޔޫނީންނަށް ސާބިތުކޮށްދިނެވެ.

ބިމުގެ ދުވަހަށްފަހު ކުރިއަށްދާ މިއިހްތިޖާޖްތަކުގައި އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ޣާޒާގެ 123 މީހުން މަރުވެފައިވާއިރު 12،000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުންވަނީ ޒަޚަމް ކޮށްލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ