ދުނިޔެ

ޢީދު ދުވަހު ބަންދުކުރާ ފިހާރަތައް ޖޫރިމަނާ ކުރަނީ

ކުރިއަށް އޮތް މިއަހަރުގެ ފިޠުރު ޢީދުދުވަހު ޙިދުމަތްނުދީ ބަންދުކުރާ ފިހާރަތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން އަލްޖީރިއާގެ ސަރުކާރުން ނިންމައިފިއެވެ.

މިކަމާއި ގުޅެގޮތުން އެޤައުމުގެ ސަރުކާރުގެ ކަމާއިބެހޭ އޮފިޝަލުން މިހާރުވަނީ ވެރިރަށް އަލްޖިއަރސްގައި 4594 ވިޔަފާރިއަކަށް ޢިދުދުވަހު ބަންދު ނުކޮށް ޙިދުމަތް ދިނުމަށް އަންގާފައެވެ. އެގޮތުން ޢިދު ދުވަހު ޚިދުމަތް ދިނުމަށް އެންގި ވިޔަފާރި ތަކުގެ ތެރޭގައި ތަރުކާރީއާއި މޭވާގެ ބާވަތްތަައް ވިއްކާ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްގެ އިތުރުން ޕެޓްރޯލް ޝެޑްތައް ވެސް ހިމެނެއެވެ.

މުސްލިމުންގެ ޢީދު ދުވަހު ޙިދުމަތްނުދީ ބަންދުކޮށްފައި ހުންނަ ވިޔަފާރިތައް ޖޫރިމަނާ ކުރުމުގެ އިތުރުން އެފަދަ ވިޔަފާރިތައް ޙިދުމަތް ނުދެވޭ ގޮތަށް އެއްމަހާއި ދެމަހާއި ދެމެދުގެ މުއްދަތެއްގައި ބަންދުކުރާނެ ކަމަށްވެސް ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ