ދުނިޔެ

ފައްޅިތަކުން ކުރާ ޖިންސީ ގޯނާއަށް ދައުވާ ކުރެވޭގޮތް ހަދަނީ

ފައްޅިތަކުގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާތަކަށް ދައުވާ ކުރެވޭ ގޮތަށް އޮސްޓްރޭލިއާގެ ޤާނޫނުތައް އިސްލާހުކުރަން ހުށަހަޅައިފިއެވެ.

އެގޮތުން މިކަމަށް ހުށަހަޅާފައިވަނީ އެޤައުމުގެ މަދަނީ ޤާނޫނުތަކަށް ގެންނަން ފެންނަ އިސްލާހުތައް ދިރާސާކުރުމަށް އެކުލަވާލި ރިޔާސީ ކޮމިޝަނުން، ފަސް އަހަރުގެ މަސައްކަތަށްފަހު ނެރުނު ރިޕޯޓުގައެވެ.

މިރިޕޯޓުގައި އިސްލާހު ހުށަހަޅާފައިވާ ގޮތުން ފައްޅިތަކާއި ޔަތީމުޚާނާތަކުގައި ކުޑަކުދިންނާއި މެދު ހިންގޭ ޖިންސީ ގޯނާގެ އަމަލުތަކާއިމެދު ދައުވާ ކުރެވޭނެއެވެ. އޮސްޓްރޭލިއާގައި މިޙާރު އަމަލުކުރެވެމުންދާ ގޮތުން ފައްޅިތަކުގައި ކިތަންމެ ވަރަކަށް މިފަދަ ހުތުރުކަންބޮޑު ޢަމަލުތައް ހިންގިޔަސް އެކަމާއި ދެކޮޅަށް ފިޔަވަޅެއް ނޭޅެއެވެ. އެކަމުގެ ޝިކާރައަށް ވެފައިތިބި ކުދިންނަށް އިންސާފު ހޯދައިދެވޭނެ މަގެއް ނެތެވެ.

ފައްޅިތަކުން ހިންގި މިފަދަ ޖަރީމާތަކުގެ ޝިކާރައަކަށްވި 15000 އަށްވުރެ ގިނަ ކުދިންގެ ހެކިބަސް މިކޮމިޝަނުން ނަގާފައިވާއިރު ކޮމިޝަނުން ފާހަގަކޮށްފައިވާ ގޮތުގައި އެޤައުމުގެ 4000 އަށްވުރެ ގިނަ ފައްޅިތަކާއި ޔަތީމްޚާނާތަކުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ޢަމަލުތައް ހިންގާފަވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ