ސޫރިޔާގެ ރައީސް ބައްޝާރު އަސަދާއި ސޫރިޔާގެ އިސްލާހަށް ގޮވާލާ މަގުމަތަކަށް ނިކުތް ރައްޔިތުންނާ ދެމެދު ހިނގި ކުރިމަތިލުންތައް ހަނގުރާމައަކަށް ބަދަލުވެ މުޅި ޤައުމު މިއަދުވަނީ ސުންނާފަތިވެފައެވެ. ހަނގުރާމައިގެ ހަމަލާތަކުގައި އެތައް ބަޔަކު ދުނިޔެދޫކޮށްފައިވާއިރު އަމިއްލަ ޤައުމު ދޫކޮށް އަވަށްޓެރި ޤައުމުތަކުގައި އެތައް މިލިޔަން ބަޔަކު އަންނަނީ ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުންނެވެ. ހަނގުރާމައަށް ހަތް އަހަރު ވެފައިވާއިރު އަނބުރާ އަމިއްލަ ވަޒަނަށް ދެވޭނެ ދުވަހެއް އެއިން އެއްވެސް ރައްޔިތަކަށް ނޭނގެއެވެ.
1- 2011 ވަނަ އަހަރު މާޗް މަހުގެ 25 ގައި ސޫރިޔާގެ ދެކުނުގެ ރަށެއްކަމުގައިވާ ދާއިލްގައި "މިނިވަންކަމަށް" ގޮވާލާ މުޒާހަރާ ކުރަނީ

2- 2012 ޖެނުއަރީ 23 ވަނަ ދުވަހު ހިމްސްގެ މަގުމަތީގައި ހަލާކުކޮށްލާފައިވާ ބައްޝާރު ސިފައިންގެ ޓޭންކަރެއް ކުރިމަތީ ސޫރިޔާގެ ކުއްޖަކު ހުއްޓިލައިގެން

3- 2013 އޮގަސްޓް 21 ގައި ދިމިސްޤުގެ އަވަށެއްކަމުގައިވާ ސަޤްބާއަށް ދިން ކެމިކަލް ހަމަލާގެ ޝިކާރައަކަށްވި ތުއްތު ކުދިންތަކަކަށް ފަރުވާދެނީ

4- 2014 މާޗް 9 ވަނަ ދުވަހު ހަލަބްގެ ހައިދަރީއާ އަވަށަށް ބައްޝާރަށް ވަފާތެރި ސިފައިންދިން ބެރަލް ބޮމުގެ ހަމަލާއިން ސަލާމަތްވި އާއިލާއެއް ހަލަބްގެ ހޮސްޕިޓަލެއްގައި

5- 2015 ޑިސެމްބަރ 26 ގައި އިދްލިބްގެ ދެކުނުން އޮމްއަލް އަސީރު އަވަށުގެ ބިންގަރާހެއްގައި ސޫރިޔާގެ ރައްޔިތުން ރައްކާތެރިކަން ހޯދައިގެން

6- 2016 ޑިސެމްބަރ 2 ގައި ހަލަބްގެ ކޮންޓްރޯލް ސޫރިޔާ ސިފައިން ނެގުމާއެކު ހަނާނޯ އަވަށުގައި ބައްޝާރުގެ ސިފައިންގެ ހަމަލާތަކުން ސަލާމަތްވުމަށް ބެރިކޭޑްގެ ގޮތުގައި ބޭނުންކުރި އުޅަނދުތަކެއް އަންދާލާފައި

7- 2017 އޮކްޓޯބަރ 25. ހިޞާރުކޮށް ކާނާއާއި އެހެންވެސް އިންސާނީ ވަސީލަތްތައް އެތެރެވިޔަދިނުން ހުއްޓުވާފައިއޮތް އިރުމަތީ ޣޫތާ އަވަށުގައި ދިރިއުޅޭ އުމުރުން ދެއަހަރާއި ބައިގެ ހާލާ އަލް ނޫފީ. މިފަދަ އެތަކެއް ތުއްތު ކުދިންނެއް މިހާރުވެސް ސޫރިޔާގެ އެކި އަވަށްތަކުގައި އެބަތިބި


















ޚިޔާލު