ޔަމަނުގެ ތިން އަހަރުވީ ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް ސައުދީ އޮފިޝަލުންނާއި ހޫޘީ ހަނގުރާމަވެރިން ސިއްރިއްޔާތުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
ޔަމަނުގެ ޑިޕްލޮމެޓަކާއި ހަވާލާދީ ރޮއިޓަރސްއިން ބުރާސްފަތިދުވަހު ހާމަކޮށްފައިވާ ގޮތުގައި ހަނގުރާމަ ހުއްޓާލުމާގުޅޭ މަޝްވަރާތައް އަވަށްޓެރި އޮމާނުގައި ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިމަޝްވަރާތަކުގައި ޙޫޘީންގެ ފަރާތުން ބައިވެރިވީ ސްޕޯކްސްޕާސަން މުޙައްމަދު އަބްދުއްސަލާމް އެވެ.
ތިން އަހަރުވީ ހަނގުރާމައިގައި ޔަމަނުގެ 22 މިލިއަނަށްވުރެ ގިނަ ރައްޔިތުން ހާލުގައިޖެހި އިންސާނީ އެހީތެރިކަމަށްވަނީ ބޭނުންޖެހިފައެވެ. ކާނާއާއި ސާފު ބޯފެން ނުލިބުމުގެ ނަތީޖާއެއްގެ ގޮތުން ކޮލެރާފަދަ އެތަކެއް ބަލިމަޑުކަމެއްވަނީ ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ތެރޭގައި ފެތުންރެންފަށާފައެވެ.

















ޚިޔާލު