ދުނިޔެ

ތިން މިލިޔަނަށްވުރެ ގިނަ ސޫރިޔާ ކުދިން ތުރުކީއަށް އުފަންވެފައިވޭ

ތުރުކީގެ ރެފިއުޖީ ކޭމްޕެއްގައި ދިރިއުޅެމުންދާ ސޫރިޔާގެ ކުޑަކުދިންތަކެއް / ފޮޓޯ މެމޯ

2011 ވަނަ އަހަރު ސޫރިޔާގައި ހަނގުރާމަފެށުމާއެކު އެޤައުމުން ތުރުކީއަށް އެތެރެވި ސޫރިޔާ ރައްޔިތުން މިހާތަނަށް 311،000 ވިހާފައިވާކަމަށް ތުރުކީއިން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ތުރުކީ ޕާލަމަންޓުގެ ރެފިއުޖީންނާއިބެހޭ ސަބް ކޮމިޓީގެ ވެރިޔާ ވިދާޅުވީ ޤައުމެއްގެ ރަށްވެހިކަން މިކުދިންނަށް ނުލިބި ތިބުމަކީ އިންސާނީ ކާރިސާއެއް ކަމަށާއި އެކުދިންނަށް ވަގުތުން ޤައުމުގެ ރަށްވެހިކަން ދޭން ފެންނަކަމަށެވެ.

ތުރުކީއިން މިހާތަނަށްވަނީ ސޫރިޔާގެ 55،583 މީހުންނަށް ތުރުކީގެ ރަށްވެހިކަން ދީފައެވެ. މީގެ ތެރޭގައި 25،500 ކުޑަކުދިން ހިމެނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ