ފަލަސްތީނުގެ މުސްލިމުންނަށް އެތަކެއް ލާއިންސާނީ ހަމަލާތައްދީ އެތަކެއް މުސްލިމުން މަރަމުންގެންދާ އިޒްރޭލު ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ އަދަދު ގިނަވަމުންދާ ކަމަށް އިޒްރޭލުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.
އިޒްރޭލް 0404 އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެންމެ ފަހުން އަމިއްލައަށް މަރުވެފައިވަނީ މިދިޔަ އަންގާރަދުވަހުގެރޭ އިޒްރޭލު ސިފައިންގެ ތެރޭގައި މަސައްކަތްކުރަމުން އަންނަ އަންހެނެކެވެ. އޭނާ މަރުވީ ބޮލަށް ބަޑި ޖަހައިގެންނެވެ. މިއީ މިދިޔަ ތިންވަރަކަށް މަސްދުވަހުގެ ތެރޭގައި އަމިއްލައަށް މަރުވި އަށްވަނަ މީހާއެވެ.
އަމިއްލައަށް މަރުވުމުގެ މިހާދިސާތައް އިޒްރޭލުގެ ފުލުހުން ތަހުގީގު ކުރަން ފަށާފައިވާއިރު، އިޒްރޭލް ޑިފެންސް ފޯސްގެ ތަރުޖަމާނުވެސްވަނީ ވޭތުވެދިޔަ ތިން އަހަރު އިޒްރޭލް ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ހާދިސާތައް އިތުރުވެފައިވާ ކަމަށް ބުނެފައެވެ.
ޓައިމްސް އޮފް އިޒްރޭލުން ހާމަކޮށްފައިވާ ގޮތުން 2016 ވަނަ އަހަރުވަނީ އިޒްރޭލު ސިފައިންގެ 15 މީހަކު އަމިއްލައަށް މަރުވެފައެވެ.

















ޚިޔާލު