ދުނިޔެ

ފަލަސްތީނު ރައްޔިތުންގެ ޒައިތޫނި ގަސްތަކުގައި ޔަހޫދީން ހުޅުޖަހައިފި

ޔަހޫދީން ގެއްލުންދީފައިވާ ޒައިތޫނި ގަސްތަކެއް

ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދިން ފަލަސްތީނުގެ ރައްޔިތުން ހައްދާފައިވާ ގިނަ އަދަދެއްގެ ޒައިތޫނި ގަސްތަކުގައި ހުޅުޖަހައި އަންދާލައިފިއެވެ.

ފަލަސްތީނުގެ ނާބުލުސްގެ ދެކުނުގައި ފަލަސްތީނުގެ ދަނޑުވެރިން ހައްދާފައިހުރި ޒައިތޫނި ގަސްތައް ކަނޑާ ގަސްތަކުގައި ރޯކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

އަލިފާނުގައި އަނދައިގެން ގޮސްފައިވަނީ ކިހާ އަދަދެއްގެ ޒައިތޫނި ގަހެއްކަމެއް އަދި ބުނަން ނޭނގޭ ކަމަށް މިހާދިސާ ހިނގި ދުވަހު އިންޓަރވިއުދިން ފަލަސްތީނުގެ އޮފިޝަލަކު ބުނެފައިވެއެވެ.

ޒައިތޫނިތައް ވިއްކުމަށް ތައްޔާރުވެފައި ހުއްޓާއި ޔަހޫދީން ހިންގި މިޖަރީމާގެ ސަބަބުން ހުޅަނގު އައްސޭރީގައި ދިރިއުޅޭ ގިނަ އަދަދެއްގެ ފަލަސްތީން ދަނޑުވެރިންނަށް އެކަމުގެ ދަތިތަކާއި ކުރިމަތިލާންޖެހޭނެއެވެ. ސަބަބަކީ އެމީހުންނަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ޒައިތޫނިގެ ވިޔަފާރިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ