އޮސްޓްރިއާގެ ޤާނޫނު ހަދާ މަޖްލިސްއިން އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މާނާކުރަން ފާސްކުރި ޤާނޫނަށް އޮކްޓޫބަރމަހުގެ އެއްވަނަ ދުވަހު ޢަމަލު ކުރަންފަށާނެއެވެ.
މިޤާނޫނަށް އަމަލުކުރަން ފެށުމާއެކު އާއްމު ތަންތަނާއި ޔުނިވަރސިޓީތަކާއި ކޯޓުތައްފަދަ ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅޭ މީހަކު 150 ޔޫރޯއިން ޖޫރިމަނާކުރާނެއެވެ.
މިޤާނޫނަށް ޢަމަލުކުރަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު މޫނު ބުރުގާ އެޅި އުޚްތުންނަށް ފްރާންސްގެ ވިޔަފާރިވެރިޔަކުމިވަނީ އުފާވެރި ޚަބަރެއްދީފައެވެ. އެއީ މިފަދައިން ކުރާ ހުރިހަ ޖޫރިމަނާތަކެއް އެވިޔަފާރިވެރިޔާ ދައްކަދޭނެ ކަމުގެ އުފާވެރި ޚަބަރެވެ.
ވިޔަފާރިވެރިޔާ ރަޝީދު ނިއްކާޒު މިހާރުވެސް އަންނަނީ ފްރާންސް އަދި ބެލްޖިއަމްގައި މޫނު އެޅުމުން ކުރާ ޖޫރިމަނާތައް ދައްކައިދެމުންނެވެ.
މިއާއެކު އޭނާއަށްވަނީ އޮސްޓްރިއާގެ ފޮރިން މިނިސްޓަރ ސެބާސްޓިއަން ކޫޒްގެ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. އެގޮތުން ވިޔަފާރިވެރިޔާވެސް ޖޫރިމަނާކުރާނެ ކަމަށް ކޫޒްވަނީ ބުނެފައެވެ.
މޫނު ބުރުގާ އެޅުމުން ކުރާ ޖޫރިމަނާތައް ދެއްކުމަށް ނިއްކާޒް މިހާތަނަށްވަނީ 300،000 ޔޫރޯ ހޭދަކޮށްފައެވެ.

















ޚިޔާލު