ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްގައި ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުންނަށް އަޒަރުބައިޖާންއިން އެހީގެ ގޮތުގައި 100 ޓަނުގެ އެހީ ފޮނުވައިފިއެވެ.
އަޒަރުބައިޖާންގެ އިމަޖެންސީ ކަންކަމުގައި ހަރަކާތްތެރިވާ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވި ގޮތުގައި މިއެހީގެ ތެރޭގައި ހިމެނެނީ ފުށާއި ހަކުރާއި ތެލުގެ އިތުރުން މަހުގެ ބާވަތްތަކާއި ޕާސްތާއާއި ހިކިކިރުގެ ބާވްތައް ކަމަށެވެ.
މިޔަންމާގެ ލީޑަރު ސޫކީ އިސްވެހުރެ އެޤައުމުގެ ސަލާމަތީ ބާރުތަކާއި ހަރުކަށި ބުޑިސްޓުން އެޤައުމުގެ ރޮހިންޖާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ޤަތުލްޢާއްމުގައި އެތައް ސަތޭކަ މުސްލިމުންނެއް ދިރިތިއްބާ ގެންދަނީ އަންދާ، ކަތިލާ މަރަމުންނެވެ. އަދި މުސްލިމުންގެ އަވަށްތަކުގައި ހުޅުޖަހައި އެއްކޮށް އަންދަމުންދާއިރު މިއަނިޔާވެރިކަމުން ސަލާމަތްވުމަށް ގިނަ އަދަދެއްގެ މުސްލިމުންވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ރެފިއުޖީންގެ ގޮތުގައި ހިޖުރަކޮށްފައެވެ.
އ.ދ އިން ހުކުރުދުވަހު އާއްމުކުރި ގޮތުގައި އޮގަސްޓް މަހުގެ 25 ގައި ފެށުނު މިހަމަނުޖެހުންތައް ފެށުނުފަހުން 270،000 ރޮހިންޖާ މުސްލިމުންވަނީ ރެފިއުޖީންގެ ގޮތުގައި ބަންގްލަދޭޝްއަށް ހިޖުރަކޮށްފައެވެ.

















ޚިޔާލު