ފޭސްބުކާއި ޓުވިޓަރފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ދައުރުވަމުންދާ ވީޑިއޯއެކެވެ.
ވީޑިއޯއިން ފެނިގެންދަނީ މިދިޔަ ހޯމަދުވަހު އިންޑޮނޭޝިޔާގެ އަވަށެއްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެޤައުމުގެ ރައްޔިތެއް ކަމަށްވާ އުސްތާޛު ޖައުފަރު އަބްދުއްރަހްމާން ޤުރުއާން ކިޔަވަން އިންނަވަނި ކޮށެވެ. ކިޔަވަމުން ގެންދެވީ މުލްކު ސޫރަތުގެ ދެވަނަ އާޔަތެވެ. ދެވަނަ އާޔަތް ނިންމާ ތިންވަނަ އާޔަތުން ފަށައިގެން ކިޔަވަމުން ގެންދަވަނިކޮށް އުނދަގުލެއް އިހްސާސްކުރެވި ކިޔެވުން މަޑު ވަމުން ދިޔައެވެ. ހަށިގަނޑުވެސް ތިރިވާން ދާކަމުގެ އިޝާރާތެއް ކުރެވި އެހީތެރިވުމުގެ ގޮތުން ހަތަރު ވަރަކަށް މީހުންއައިސް އުސްތާޛު ޖައުފަރު އަބްދުއްރަހްމާން ހަށިގަނޑުގައި ހިފަހައްޓާ މަޑުމަޑުން އެތަނުގައި ބޭއްވިއެވެ.
ނަމަވެސް އެރަސްމިއްޔާތަށް ހާޟިރުވެ ތިބި އެންމެނަށް ސިހުން ވެގެންދިޔައީ އުސްތާޛު ޖައުފަރު އަބްދުއްރަހްމާންގެ ފުރާނަ އެވަގުތު މިދުނިޔެއާއި އަލްވަދާއު ކީކަން އެނގިގެން ދިޔުމުންނެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ދިރިތިބިންނަށް ހުރި ޢިބްރަތްތެރި ފިލާވަޅެކެވެ. މަރު އައިސް ބައްދަލުކުރާނެ އިރެއް އެކަކަށްވެސް ނޭނގޭނެއެވެ. އަޅުގަނޑުމެންނަށް އޮތީ މަރަށް ތައްޔާރުވެ ޢަމަލުތައް ސީދާކުރުމެވެ.
އުސްތާޛު ޖައުފަރު އަބްދުއްރަހްމާންއަކީ ރީތިކޮށް ޤުރުއާންކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. މާތް ﷲ ސުބްހާނަހޫ ވަތަޢާލާ އެމަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި. އާމީން

















إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ