ރާއްޖޭގެ ޚަބަރު 'ދި-މުދިމު'ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފި

'ދި-މުދިމު'ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

'ދި-މުދިމު'ގެ ނަމުގައި ބަންގި ވަގުތު އަންގައިދޭ ދިވެހި ސޮފްޓްވެއާރއެއް ނެރެފިއެވެ.

ނޫރުލްއިސްލާމް ވެބްސައިޓާއި ދިވެހިސޮފްޓު ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ މިސޮފްޓްވެއާ އަކީ ދިވެހިރާއްޖޭގެ ރަށްތަކުގެ ނަމާދު ވަގުތު ހިމެނޭ ގޮތަށް ނަމާދު ވަގުތު ވަނުމުން ގަޑިން ބަންގި ގޮވާގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއާއެއްކަމަށް ނޫރުލް އިސްލާމްގެ އެޑިޓާރ މުހައްމަދު އަނީލް ދިއިސްލާމް އަށް ހާމަކުރެއްވިއެވެ.
ސޮފްޓުވެއާރ އާއި ބެހޭގޮތުން ދިއިސްލާމްއަށް މުހައްމަދު އަނީލް މައުޟޫމާތު ދެއްވިގޮތުގައި 'އިރާދަކުރެއްވިއްޔާ ދިމުދިމަށް ބޮޑެތި ބަދަލުތަކެއް މުސްތަޤުބަލްގައި ގެނެވޭތޯ ބަލާނަން. އިތުރު ޚިދުމަތްތައް އިތުރުކުރުމަށް މިދަނީ މަސައްކަތްކުރަމުން، މިހުރިހާ އަޕްޑޭޓްސްތައް ލިބޭނެ ސޮފްޓުވެއާރ އިންސްޓޯލް ކޮށްފައިވާ ފަރާތްތަކަށް.' މީގެ އިތުރަށް އެފަރާތުން ހާމަކުރައްވާ ގޮތުގައި 'ދިމުދިމުގެ މޯބައިލް ވާޝަންއެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށާއި މަލްޓިމީޑިއާގެ އިތުރު ބައިތައްވެސް މިސޮފްޓުވެއާ މެދުވެރިކޮށް ތައާރަފްކުރުމުގެ މަސައްކަތްކުރާ.' ކަމަށެވެ.

'ދިމުދިމު' ސޮފްޓުވެއާރ އިފްތިތާހްކޮށްދެއްވާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ މުހިއްބުއްދީން ސުކޫލުގައި މިނިސްޓާރ އޮފް އިސްލާމިކް އެފެއާރޒް ޑރ އަބްދުލް މަޖީދު އަބްދުލް ބާރީއެވެ.
ދިމުދިމު ސޮފްޓުވެއާރ ޑައުންލޯޑު ކުރެއްވުމަށް 'މިލިންކް'އަށް ވަޑައިގަންނަވާށެވެ.

ޓެގް

ޓެކްނޮލޮޖީ ދިވެހިން ނަމާދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.