ސްވިޑްންގައި މިސްކިތްތަކަށް ދެމުންދާ ހަމަލާތަކާއި ދެކޮޅަށް މުޒާހަރާ ކުރުމަށް އެތައް ހާސް ބަޔަކު ތައްޔާރުވާން ފަށައިފިއެވެ.
މުޒާހަރާ އިންތިޒާމްކުރާ ފަރާތްތަކުން ފޭސްބުކްގައި ހާމަކޮށްފައިވާގޮތުން އެ ޤައުމުގެ އެންމެ ބޮޑެތި ސިޓީތަކުގައި މުޒާހަރާ ކުރާނެއެވެ. އަދި މި މުޒާހަރާ ކުރުމަށް ނިންމައިފައި މިވަނީ، މިހާރު މުސްލިމުންނާއި ދެކޮޅަށް ހިންގޭ ޖަރީމާތަކަކީ ދީނީ މިނިވަންކަމާއި ދެކޮޅަށް ހިންގާ ޖަރީމާތަކެއް ކަމަށް ވާތީ، އެކަން ހުއްޓުވުމަށް ކަމަށްވެސް ހާމަކޮށްފައިވެއެވެ.
މި މުޒާހަރާތައް ކުރުމަށް ނިންމާފައިމިވަނީ އެ ޤައުމުގައި ތިން މިސްކިތަކަށް ދިން ހުޅުޖެހުމުގެ ހަމަލާތަކަށްފަހުއެވެ.
ޚިޔާލު