މިއަދުގެ ވަގުތެއްގައި އެމެރިކާއާއެކު ގުޅިފައިވާ ކޯލިޝަނުން އިސްލާމިކް ސްޓޭޓާއި ދެކޮޅަށް ހަމަލާދެމުންދިޔަ ހަނގުރާމަމަތީ މަތިންދާބޯޓު ވައްޓާލުމަށްފަހު ބޯޓުގައި އިން ޖޯޑަންގެ ޕައިލެޓް އަތުލައިގަންފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިޔުމަންރައިޓްސް އާ ހަވާލާދީ އަލްއަރަބިއާއިން ރިޕޯޓްކޮށްފައިވެއެވެ.
ލަންޑަންގައި ހުންނަ މަޝްރަހު ދިރާސާ ކުރާ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން އެންޓި-އެއަރކްރާފްޓް މެސެއިލްގެ ހަމަލާއެއްގައި އެއްބޯޓު ވައްޓާލައި އޭގެ ޕައިލެޓް ވަނީ ހައްޔަރުކޮށްފައިކަން ކަށަވަރުކޮށްދީފައިވެއެވެ.
އިސްލާމިކް ސްޓޭޓްގެ ރައްޤާ ގޮފިން މިހަމަލާއާ ގުޅޭ ފޮޓޯތައް ޢާންމުކޮށްފައިވާއިރު ހައްޔަރުގައި ހުރި ޖޯޑަންގެ ޕައިލެޓްވެސް އެމީހުންގެ އަތްދަށުގައިހުރިކަން އެ ފޮޓޯތަކުން ފެނެއެވެ.

















Koba fotothah? Keevve jqhqn nukerruny?