އަރަބިދުނިޔެދުނިޔެ

ހުސްނީ މުބާރަކު ވެރިކަން ދޫކުރަށްވާ ފިއްލެވީބާ؟.

ލިޔުނީ: ހުސެއިން ސާލިމް

ބައެއް މީޑިއާތަކުން ޙަބަރު ދެމުން ދާ ގޮތުގައި މިސްރުގައި 30 އަހަރު ވެރިކަން ކޮށްފައިވާ ހުސްނީ މުބާރަކް ވެރިކަން ދޫކުރަށްވާ ގައުމުން ފިއްލަވާ ވަޑައިގެންފިކަމަށް ހަބަރު ފެތުރެމުން އެބަދެއެވެ. މި ޚަބަރު ފެތުރެން ފަށާފައި މިވަނީ، މިއަދުގެ ވަގުތެއްގައި މުސްލިމް ބުރަދާ ހޫޑް ޕާޓީގެ ރަސްމީ ވެބްސައިޓުގައި، މިސްރުގެ ބޮޑުވަޒީރާ ހަވާލާދެއްވާ، ހުސްނީ މުބާރަކް ދެތިން ގަޑިއިރެއް ތެރޭ، ވެރިކަމުން ދުރަށް ޖެހިވަޑައިގަންނަވަން އުޅުއްވާކަމަށް ލިޔެފައިވަނިކޮށެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުން ހުސްނީ މުބާރަކް މިހާރު ވަނީ، އާމީ ޗީފާއެކީ ރެޑް ސީގައި އޮންނަ ޝަރުމުއްޝެއިޚް ނަމަކަށް ކިޔާ ރިސޯޓަކަށް ވަޑައިގެންފައެވެ. އަދި އަނެއްބައި ރިޕޯޓުތައް ބުނަމުންދާގޮތުން މިސްރުގެ ސިފައިން، ރައްޔިތުންނާ އެއްބައިވެ ހުސްނީ މުބާރަކުގެ ވެރިކަމުގެ މަށްޗަށް ވަނީ ގަދަވެގެންފައެވެ.

އެމެރިކާގެ ޖާސޫސީ އިދާރާގެ ޑައިރެކްޓާ، ލިއޮން ޕަނެޓާ ވިދާޅުވިގޮތުގައި، ބުރާސްފަތި ދުވަހު ހުސްނީ މުބާރަކް ވެރިކަން ދޫކުރަށްވާ، ނައިބު ރައީސް އުމަރު ސުލޭމާނާ، ވެރިކަން ހަވާލުކުރަށްވާނެކަމުގެ މައުލޫމާތެއް ޖާސޫސީ އިދާރާއަށްވެސް ވަނީ ލިބިފައެވެ.

މީޑިއާ ރިޕޯޓުތައް، މިހެން ބުނަމުން ދިޔަ ނަމަވެސް މިސްރުގެ އިންފޮމޭޝަން މިނިސްޓަރު މި ޚަބަރުތައް ވަނީ ދޮގުކޮށްފައެވެ. ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހުސްނީ މުބާރަކް ވެރިކަން ދޫ ނުކުރަށްވާ ކަމަށާއި، މީޑިއާގައި ދެކެވެމުން މިދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއްކަމަށެވެ.

press TV

ގުޅުންހުރި

1 ޚިޔާލު

  1. ޙުސައިން ސާލިމުއަށް ސާބަސް. ރާއްޖޭގެ މީޑިޔާގައި ޒިންމާދާރު ކަމާއެކު މަސައްކަތްކުރެވި ދާނެކަން ޙުސައިން ސާލިމު އެބަ ސާބިތު ކޮށްދެއެވެ. ތިޔަގޮތުގައި ސާބިތުވާށެވެ. ކުރިމަގުގައި ރާއްޖޭގެ މީޑިޔާގެ ގޮފިތައް ޙުސައިން ސާލިމުމެން ފަދަ ފިކުރުގެ ބޭފުޅުންގެ އަތްމައްޗަށް ހިޔާ އަޅާކަށް މާގިނަ ދުވަހެއް ނެތެވެ.އިންޝާ ﷲ… ތިގޮތުގައި ހިއްވަރާއެކު މަސައްކަތް ކުރާށެވެ. އެދެނީ އަބަދުވެސް ތި ރޮނގުގައި ކާމިޔާބުވުމެވެ.

Your email address will not be published. Required fields are marked *