ސުވާލު:އަޅުގަނޑުގެ ފިރިމީހާ އެއްގޮތަކަށްވެސް އަޅުގަނޑު ބުރުގާ އެޅުމަށް ހުއްދައެއް ނުދެއެވެ. ދެން ފިރިމީހާގެ އެދުމުގެ މަތިން އަޅުގަނޑު ބުރުގާ ނާޅައިފިނަމަ އަޅުގަނޑަށް ޢަޛާބު ލިބޭނެތޯއެވެ؟
ޖަވާބު:
އިސްލާމްދީނުގައި ފިރިމީހާއަށް ކިޔަމަންވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ. އެހެންނަމަވެސް މާތް ﷲ އަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންވުމެއް ނެތެވެ. ރަސޫލާ ޞައްލަﷲ ޢަލއިހި ވަސައްލަމް ޙަދީޘް ކުރައްވަނީ "لاَ طَاعَةَ فِيْ مَعْصِيَةٍ. إِنَّمَا الطَّاعَةُ فِيْ المَعْرُوْفِ" متفق عليه. މާނައީ:" ﷲ އަށް އުރެދުމުގައި ކިޔަމަންވުމެއް ނެތެވެ. ކިޔަމަންވުން ވަނީ ހެޔޮކަންތައްތަކުގައެވެ." މިޙަދީޘުން ދޭހަވަނީ ފިރިމީހާކަމުގައިވީނަމަވެސް ނުވަތަ މައިންބަފައިންކަމުގައިވީނަމަވެސް މާތް ﷲއަށް އުރެދުމެއްވާފަދަ ކަމަކަށް ގޮވާލައިފިނަމަ އެކަމަކަށް ކިޔަމަން ވާން ނުޖެހޭ ކަމެވެ. އެހެންކަމުން ފިރިމީހާ އަށް ކިޔަމަން ވުމުގެގޮތުން ބުރުގާ ނާޅާ ދޫކޮށްލުމަކީ ހުއްދަ ވެގެންވާނެ ކަމެއްނޫނެވެ. والله أعلم
ޖަވާބު:އެމްވީއިސްލާމްކިއުއޭ.ކޮމް
ޚިޔާލު