ރާއްޖޭގެ ޚަބަރު

ޢީދު ފާހަގަކުރުމަށް ޙިރާ ސްކޫލުން ޕެރޭޑެއް ބާއްވައިފި

އައްޑޫސިޓީ ހިތަދޫ ޙިރާ ސްކޫލްގެ ފަރާތުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމުގެ ގޮތުން "ސައިންސް ޕެރޭޑް" ގެ ނަމުގައި ރޯޑްޝޯވ އެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހު ހަވީރު ހިތަދޫ ލިންކުރޯޑުގައި ބޭއްވި މިޕެރޭޑް ބަލާލުމަށް ގިނަ ޢަދަދެއްގެ މީހުން އެސަރަހައްދަށް ޖަމާވިއެވެ. މިފަދަ ޕެރޭޑެއް ބޭއްވުމުގެ މަޤްޞަދަކީ ސްކޫލްގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ދެވޭ ގޮތަށް ޢީދުގެ އުފާ ފާޅުކޮށް ޢީދު ފާހަގަކުރުން ކަމަށް ދިއިސްލާމަށް މަޢުލޫމާތު ދެއްވަމުން ޙިރާ ސްކޫލްގެ ޕްރިންސިޕަލް މަރްޔަމް ސިތާރާ ވިދާޅުވިއެވެ. ދަރިވަރުން ކިޔަވާ މާއްދާތަކާ ގުޅުވައިގެން ޙިރާ ސްކޫލްގެ ފަރާތުން ކުރިއަށް ގެންދިޔަ ޕެރޭޑްގެ މިއަހަރުގެ ތީމަކީ، ސައިންސް މާއްދާއެވެ.

ޙިރާ ސްކޫލްގެ 250 އެއްހާ ދަރިވަރުންނާއެކު މިޕެރޭޑް ފަށާފައިވަނީ، ހިތަދޫ ލިންކުރޯޑުގެ، ކުއެންޗް ރެސްޓޯރަންޓާއި ހިސާބުންނެވެ. ޕެރޭޑްގައި ދަރިވަރުން ހިނގާފައިގޮސް ނިންމާލާފައިވަނީ، ހިތަދޫ ކުޑަކުދިންގެ ޕާކް ކައިރިއަށެވެ. މިޕެރޭޑަށް ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވެއެވެ. ބޭބީ ނާސަރީން ފެށިގެން ގްރޭޑް 2 އާއި ހަމައަށް ޙިރާ ސްކޫލްގައި ކިޔަވާ ގާތްގަނޑަކަށް ހުރިހާ ދަރިވަރުން ވަނީ މިޕެރޭޑްގައި ބައިވެރިވެފައެވެ.

މިޕެރޭޑް ބޭއްވުމުގައި ސްކޫލްގެ ހުރިހާ މުވައްޒަފުންނާއި ޓީޗަރުންގެ އެއްބާރުލުމާއި އެހީތެރިކަން ސްކޫލަށް ލިބިފައިވާ ކަމަށާއި، އެކަމަށްޓަކައި، ހުރިހާ ބޭފުޅުންނަށް ސްކޫލްގެ ފަރާތުން ޝުކުރު ދަންނަވާކަމަށް ސްކޫލްގެ ވެރިން ހާމަކުރައްވައެވެ. އަދި އެއާއެކު ދަރިވަރުންގެ ބެލެނިވެރިން ދެއްވި އެއްބާރުލުންވެސް ސްކޫލުން ޝުކުރުވެރިކަމާއެކު ފާހަގަކޮށް ބަލައިގަންނަ ކަމަށްވެސް ސްކޫލުން ހާމަކުރައްވައެވެ. މީގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ހިތަދޫ ސްކޫލްގެ ކެޑޭޓްކޯގެ ފަރާތުން ދެއްވި އެހީތެރިކަން ޙިރާ ސްކޫލުން ފާހަގަ ކުރައްވައެވެ.

ޙިރާ ސްކޫލަކީ 2010 ވަނަ އަހަރުން ފެށިގެން އައްޑޫސިޓީ ހިތަދޫގައި ޙިރާ ފައުންޑޭޝަނުން ހިންގަމުން އަންނަ ސްކޫލެކެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދިނުމަށް އަމާޒުކޮށްގެން ފަށާފައިވާ މިސްކޫލްގައި މިހާރު ގްރޭޑް 2 އާއި ހަމައަށް ކިޔަވައި ދެއެވެ. އިސްލާމީ ވެއްޓެއްގައި ޒަމާނީ ތަޢުލީމުދޭ މިސްކޫލަށް އައްޑޫގެ ގިނަ ބައެއްގެ ތަރުހީބު ލިބިފައިވެއެވެ.

ޚަބަރާ ގުޅޭ :

ވީޑިއޯ : ޙިރާ ސްކޫލްގެ ޢީދު ޕެރޭޑް 2013

ޙިރާ ސްކޫލް ފޭސްބުކް ޕޭޖް

ގުޅުންހުރި

1 ޚިޔާލު

  1. މިރާއްޖޭގައި ހާދަ ބިދޭސީ ބޭރުމީހުން ވަޒީފާގައި ގިނައޭ! ތަންތަނުގެ ސިކިއުރިޓީ ބަލަހައްޓާ ބޭރު މީހުން ހާދަ ގިނައޭ! ހޮޓާ ރެސްޓޯރެންޓުގައި މަސައްކަތް ކުރާ ބޭރު ބިދޭސީން ހާދަ ގިނައޭ! ކުނިއުކަންދާ ބޭރު ބިދޭސީން ހާދަ ގިނައޭ! ކޮންސްޓުރެކުޝަން މަސައްކަތުދާ އިރާގައި މަސައްކަތް ކުރާ ބޭރު ބިދޭސީން ހާދަ ގިނައޭ! ރިސޯޓް ގެސްޓު ހޮޓާ ތަކުގައި މަސައްކަތް ކުރާ ބޭރު ބިދޭސީން ހާދަގިނައޭ! ވަޒީފާއެއް އަދާ ނުކުރާ އާމްދަނީއެއް ނުލިބޭ ޒުވާނުން މަގުމަތީގައި ވަރަށް ގިނަވެއްޖެ، މިއަދުވެސް މަގުމަތިން ފެނިގެން ދިޔައީ މަގުމަތީގައި ގޯޅިކަންމަތީގައި އެތަކެއް ޒުވާނުން އެންބުރެމުން ދިޔަތަން ، މީވަރައްވެސް ހިތާމަހުރިކަމެއް ޤައުމެއްގެ ގިނަޒުވާނުން ވަޒީފާއަދާނުކޮއް ގޯޅިކަންމަތީގައި ތިބޭތިބުން ހައްލަކަށް ގެންނަން އެބަޖެހޭ، އިންތިހާބައްވުރެންވެސް މިކަމަކީ މުހިންމު ކަމެއްނޫންބާ؟ ދިވެހި ޒުވާނުން ޤައުމުގެ އެކި ވަޒީފާތަކަށް ނިކުންނަންވެއްޖެ ނުންތޯ؟ ޓީޗަރުންވެސް މިކަން ދަރިވަރުންނަށް ކިޔާދީ ވިސްނާދީބަލަ ދައުލަތެއް ބިނާކުރެވޭނީ ހުރިހާވައްތަރެއްގެ މަސައްކަތެއް އެދައުލަތެއްގެ އަހުލުވެރިން އަމިއްލައިންކޮއްގެން!

Your email address will not be published. Required fields are marked *