މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނެ: ޑރ އަލްމަދްޚަލީ
މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނެކަމަށް ފަޟީލަތުއްޝައިޚް ޑރ މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ސައުދީގެ މަޝްހޫރު ޢިލްމުވެރިއާ ފަޟީލަތުއްޝައިޚް ޑރ މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ އާއި ކުރެވިފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވެފައިވަނީ "މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނީ! ދޮގެއްތަ؟ މުރުތައްދުވެފައިވާ މީހަކު އިންތިޚާބުކުރުމުގައި، މުރުތައްދުވެފައިވާ މީހަކަށް ނަޞްރުވެރި ވުމުގައި، މުރުތައްދުވެފައިވާ މީހަކު ބާރުވެރިކުރުމުގައި، މުރުތައްދުވެފައިވާ މީހަކު މަތިވެރި ކުރުމުގައި، މުރުތައްދުވެފައިވާ މީހަކު ހޮވުމަށް މަސައްކަތް ކުރުމުގައި އެވާނީ މުރުތައްދުގެ އަހުލުވެރިންނާއި ކުފުރުގެ އަހުލުވެރިން އިސްލާމުންގެ މައްޗަށް ބާރުވެރި ކުރުމުގައި ބައިވެރިވުން ކަމުގަ! މިކަމެއް ހުއްދައެއް ނުވާނެ"ކަމަށެވެ. މިފަދައިން ޝެއިޚް ވިދާޅުވެފައިވަނީ ސުވާލު ކުރި ފަރާތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ސުވާލު ކުރި ފަރަތުން ސުވާލުކޮށްފައިވަނީ "(ބައެއްމީހުން) އެބަބުނޭ އަހަރެމެން މިފަދަ އިންތިޚާބެއްގައި ވޯޓުލައިފިނަމަ އެއީ މުރުތައްދުވުމެކޭ! ތެދެއް! ވޯޓުލައިފިއްޔާ އެއީ ޝިރުކުކުރުންތޯ؟"އެވެ.
ދިއިސްލާމް އަށް ލިބިފައިވާ އޯޑިއޯގައި ޝެއިޚް އާއި ސުވާލުކޮށްފައިވަނީ "އެމީހުންގެ ތެރޭގައި ދީނީ މީހަކު ނުވަތަ ދީންވެރިމީހަކު ވަކިނެތް! އެމީހުންގެ ތެރެއިން އެކަކީ ދީނަށް ފުރައްސާރަ ކުރާމީހެއް! ވަރަށް ފަހަކުން ޑެންމާކަށް ގޮސް، ޤުރްއާނާއި ސުންނަތަށް އިހާނެތިކޮށް ވާހަކަދެއްކި! އަދި ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި! މީ ފާޅުގަ ހިނގިކަމެއް!" ކަމަށެވެ. މިސުވާލުގެ ޖަވާބުގައި ޝެއިޚް ވިދާޅުވެފައިވަނީ "ތިޔަހެން؟ ތީ މުރުތައްދެއް، ތިޔަހެންވެއްޖެއްޔާ ތީހަމަ ދީނުން ބޭރުވެފަހުރި މުރުތައްދެއް!"ކަމަށެވެ.
“ﷲ ސުބްޙާނަހޫ ޥަތަޢާލާ ތިޔަ ގައުމަށް ހެޔޮގޮތެއް މިންވަރު ކޮށްދެއްވާށި.” މިފަދައިން ޝެއިޚް އަލްމަދްޚަލީ ވަނީ ދިވެހިރާއްޖެއަށް ހެޔޮގޮތެއް މިންވަރު ކޮށްދެއްވުމަށް އެދި މިއޯޑިއޯގައި ދުޢާ ކޮށްދެއްވާފައެވެ.
ގުޅުންހުރި ލިންކް:
ލިޔުން: ފަޟީލަތުއްޝައިޚް ޑރ އަލްމަދްޚަލީގެ އޯޑިއޯގެ ތަރުޖަމާ
އޯޑިއޯ: ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ޑރ އަލްމަދްޚަލީ ގެ ފަތުވާޚަބަރު: ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ސައުދީގެ ޢިލްމުވެރިޔަކު ދެއްވާފައިވާ ފަތުޥާއެއް އާންމުވެއްޖެ
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...