ރާއްޖޭގައި ވޯޓުލުމާ ބެހޭގޮތުން ޑރ އަލްމަދްޚަލީގެ ފަތުޥާގެ ތަރުޖަމާ!
ސުވާލު: السلام عليكم!
ޝެއިޚް: وعليكم السلام ورحمة الله وبركاته! حياكم الله!
ޝެއިޚް: ތީ ކޮންޤައުމެއްގެ ކުދިންކޮޅެއް؟
ސުވާލު: އަހަރެމެން މީދިވެހިން!
ޝެއިޚް: ދިވެހިރާއްޖެ ދޯ؟
ސުވާލު: އަހަރެމެންގެ ތެރޭގައި މިވަގުތު އޮތް މައްސަލައަކީ މީ އިންތިޚާބުގެ ދުވަސް ވަރު! ރިޔާސީ އިންތިޚާބު!
ޝެއިޚް: އާދެ!
ސުވާލު: އެމީހުންގެ ތެރޭގައި ދީނީ މީހަކު ނުވަތަ ދީންވެރިމީހަކު ވަކިނެތް! އެމީހުންގެ ތެރެއިން އެކަކީ ދީނަށް ފުރައްސާރަ ކުރާމީހެއް! ވަރަށް ފަހަކުން ޑެންމާކަށް ގޮސް، ޤުރްއާނާއި ސުންނަތަށް އިހާނެތިކޮށް ވާހަކަދެއްކި! އަދި ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި! މީ ފާޅުގަ ހިނގިކަމެއް!
ޝެއިޚް: ތިޔަހެން؟ ތީ މުރުތައްދެއް، ތިޔަހެންވެއްޖެއްޔާ ތީހަމަ ދީނުން ބޭރުވެފަހުރި މުރުތައްދެއް!
ސުވާލު: އަހަރެމެން މިހާރު މިތިބީ ކޮންމެވެސް ގޮތެއް ނިންމަންޖެހިފަ، މައްސަލައަކީ، ކޮންމެމީހަކު އަޔަސް އަހަރެމެންގެ މައްޗަށް އެމީހެއްގެ އަމުރު ހިނގާނެ ދެއްތޯ؟ އަހަރެމެން ސިޔާސީ އެއްވެސް ޙަރަކާތެއްގަ ނޫޅެން! ވަކި އެއްވެސް ޕާޓީއަކަށް ނުޖެހެން! މިވަގުތު ގައުމުގައި ތިއްބެވި ގިނަ ޢިލްމުވެރިން އެބަ ދެކެވަޑައިގަންނަވާ އަހަރެމެން އިންތިޚާބުގައި ވޯޓުލައި އަހަރެމެންނަށް ފެންނަގޮތް ހާމަކުރަން ވާނެކަމަށް.
ޝެއިޚް: ތިގައުމުގައި ވެރިކަން ކުރަނީ ނަޞާރާއިންތަ؟
ސުވާލު: ނޫން! ނޫން! އަހަރެމެން އެންމެންނަކީވެސް މުސްލިމުން.
ޝެއިޚް: الحمد لله.
ސުވާލު: ޤާނޫނުގައިވެސް އެބަ ބުނޭ ރައީސް ވާންޖެހޭނީ ސުންނީ މުސްލިމަކަށޭ. އެކަމަކު މައްސަލައަކީ އަހަރެމެންގެ ތެރޭގައި މިސާލަކަށް، ރަސޫލާ (ޞަލަﷲ ޢަލައިހި ވަސައްލަމަ) އަށް ފުރައްސާރަ ކުރިޔަސް އެކަމެއް ނުވޭ ބޮޑުކަމަށް، ނުވަތަ އެފަދަ އެހެން ކަމެއްވިޔަސް.
ޝެއިޚް: އާނ! އިސްލާމްވީމަ ނިމުނީދޯ؟ ދީނުން ބޭރުވާނެ ގޮތެއް ނޯވޭ ދޯ؟ އިސްލާމް ވީމަ އިސްލާމް ވެވުނީ ދޯ؟ މަރުވާންދެން އެކަމަކުވެސް ދެން އެއީ މުސްލިމެއްދޯ؟
ސުވާލު: މިފަދަ ވަގުތެއްގައި އަހަރެމެން ކަންކުރަންވީ ކިހިނެއްތޯ؟ ގައުމުގެ ވަރަށް ގިނަ މީހުން އެބަ ސުވާލުކުރޭ އިންތިޚާބުގައި އަހަރެމެންގެ ޚިޔާލު ފާޅުކުރުމުގެ ގޮތުން ވޯޓު ލާންވީތޯ؟ ނޫނީ ވިއްޔާ އެކަމާ ދުރުގައި ތިބެންވީތޯ؟ ނޫނީ ވިއްޔާ ކާކަށްތޯ ވޯޓު ދޭންވީ؟ ގައުމުގެ ގިނަ ޢިލްމުވެރިން، ގިނަ ބޭފުޅުންނަކީ މިބަރަކާތްތެރި ޖާމިޢާއިން ކިޔަވާވިދާޅުވި ބޭފުޅުން، ވިދާޅުވަނީ މީގެތެރެއިން ގެއްލުން ކުޑަ މީހާއަށް ވޯޓު ދޭށޭ! ކޮބާތޯ މިކަމުގައި ޝޭޚުގެ ބަހަކީ؟
ޝެއިޚް: ދަރިފުޅާ، ތިޔަކުދިން އެއްބަޔަކު އަނެއްބަޔަކާ އެކަތިގަނޑެއްގެ ގޮތުގައި ދީނުގައި ހިފަހައްޓައިގެން އުޅޭ! އެހުރިހާ އެންމެނާވެސް ދުރައްޖެހޭ! ﷲ ސުބްޙާނަހޫ ޥަތަޢާލާ ތިޔަ ގައުމަށް ހެޔޮގޮތެއް މިންވަރު ކޮށްދެއްވާށި. މީ އެއްގޮތަކީ،
އަނެއް ގޮތަކީ، ނުބައި އަތުވެދާނެކަމަށް ބިރުގަންނަން ޖެހިއްޖެ ނަމަ، ތިޔަ ގައުމުގެ ވެރިކަމަށް އެމުޖުރިމު، ދީނުން ބޭރުވެފައިވާ މީހާ، ކުރިން ބުނި މީހާ ނުވަތަ އެފަދަ މީހަކު އިސްވެދާނެކަމަށް ފެންނަންޏާ، އަދި އަނިޔާވެރިވެ ޢަޛާބު ދައްކާނެ ކަމަށް ފެންނަންޏާ، މަޖުބޫރީ ޙާލަތެއްކަމަށް ބަލައި، މިޙާލަތުގައި އޭނާއާ ދެކޮޅަށް ވޯޓު ލެވިދާނެ. އެއީ ނުބައި ދުރުކޮށް ފަސާދަ ކުޑަ ކަމެއް ގެނައުމަށްޓަކައި. އެއީ ނުބައިދުރުކުރުމަށްޓަކާއި ދެފަސާދައިން ކުޑަފަސާދަ ޚިޔާރުކުރުން! އެއީ އިންތިޚާބުތައް ބޭއްވުން ހުއްދައޭ އަހަރެމެން ބުނަނީކީ ނޫން! އެކަމަކުވެސް އެއީ ގެއްލުން ދުރުކުރުމަށް ދެނުބައެއްގެ ތެރެއިން ނުބައިކަންކުޑަ ކަންތައް (ވޯޓުލުން) ކޮށްގެން، ނުބައިކަން ބޮޑުކަންތައް (އިސްލާމްދީނާ އިދިކޮޅު، އަނިޔާވެރި ވެރިއަކު އިސްވުން) ދުރުކުރުމަށްޓަކާ! އެއީ ހަމަ އެކަނި! މިގޮތުގެ މަތިން! الله يبارك فيكم!
ސުވާލު: އާދެ جزاكم الله!
ޝެއިޚް: حياكم الله! އަހަރެންގެ ވާހަކަ ސާފުވެއްޖެތަ؟
ސުވާލު: އާދެ! އާދެ! (ބައެއްމީހުން) އެބަބުނޭ އަހަރެމެން މިފަދަ އިންތިޚާބެއްގައި ވޯޓުލައިފިނަމަ އެއީ މުރުތައްދުވުމެކޭ! ތެދެއް! ވޯޓުލައިފިއްޔާ އެއީ ޝިރުކުކުރުމޯ!
ޝެއިޚް: ނޫން! މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނީ! ދޮގެއްތަ؟ މުރުތައްދުވެފައިވާ މީހަކު އިންތިޚާބުކުރުމުގައި، މުރުތައްދުވެފައިވާ މީހަކަށް ނަޞްރުވެރި ވުމުގައި، މުރުތައްދުވެފައިވާ މީހަކު ބާރުވެރިކުރުމުގައި، މުރުތައްދުވެފައިވާ މީހަކު މަތިވެރި ކުރުމުގައި، މުރުތައްދުވެފައިވާ މީހަކު ހޮވުމަށް މަސައްކަތް ކުރުމުގައި އެވާނީ މުރުތައްދުގެ އަހުލުވެރިންނާއި ކުފުރުގެ އަހުލުވެރިން އިސްލާމުންގެ މައްޗަށް ބާރުވެރި ކުރުމުގައި ބައިވެރިވުން ކަމުގަ! މިކަމެއް ހުއްދައެއް ނުވާނެ! الله يبارك فيكم!
އެކަމަކު އެމީހެއްގެ ކިބާގައި މުދަލަށް ޚިޔާނާތްތެރިވެ ނުވަތަ ނުހަމަގޮތުގައި މުދާ ބޭނުންކުރާމީހާ، އެފަދަކަމެއް ހުރިމީހާ އޭނާ ކާފަރެއް ނުވާނެ! ކާފަރެއް ނުވޭ! އެކަމަކު ކުރިން ބުނެވުނުމީހާ ނަބީ ޞަލަﷲ ޢަލަހިވަސައްލަމް އަށް ފުރައްސާރަ ކުރަންޏާ، އޭނާ ފެނުގެ މަތީ ނަމާދު ކުރިޔަސް އޭނާގެ ނަމާދަކުން މަންފާއެއް ނުކުރާނެ!
ސުވާލު: جزاكم الله خيرا!
ޝެއިޚް: الله يبارك فيكم!
ގުޅުންހުރި ލިންކް:
ލިޔުން: ފަޟީލަތުއްޝައިޚް ޑރ އަލްމަދްޚަލީގެ އޯޑިއޯގެ ތަރުޖަމާ
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...