ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ސައުދީގެ ޢިލްމުވެރިޔަކު ދެއްވާފައިވާ ފަތުޥާއެއް އާންމުވެއްޖެ
ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ސައުދީގެ ޢިލްމުވެރިޔަކު ދެއްވާފައިވާ ފަތުޥާއެއް އާންމުވެއްޖެއެވެ.
ދިއިސްލާމްއަށް ލިބިފައިވާ މިއޯޑިއާގައި ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައިވަނީ ސައުދީގެ މަޝްހޫރު ޢިލްމުވެރިއާ ފަޟީލަތުއްޝައިޚް ޑރ. މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ އެވެ. ޝެއިޚް އާއި ކުރެވޭ ސުވާލުތަކެއްގެ މައްޗަށް އެކުލެވިގެންވާ މިއޯޑިއޯގައި ވަރަށް ސާފުކޮށް ޝެއިޚް މަދްޚަލީ ވަނީ ޖަވާބު ދެއްވާފައެވެ.
އޯޑިއޯ ފެށޭތަނުން ޝެއިޚް އަލްމަދްޚަލީ ވަނީ "ތީ ކޮންޤައުމެއްގެ ކުދިންކޮޅެއް؟" ތޯ ސުވާލުކޮށްފައެވެ. އަދި ޖަވާބު ގައި "އަހަރެމެން މީދިވެހިން" ކަމަށް އަރަބި ބަހުން ޖަވާބު ދޭ ބަޔަކު ބުނާ އަޑު އިވެއެވެ. އަދި ޖަވާބުގައި "ދިވެހިރާއްޖެ ދޯ؟" އޭ ޝެއިޚް ވިދާޅުވާ އަޑު އޯޑިއޯއިން އިވިގެންދެއެވެ.
3 މިނިޓާއި 26 ސިކުންތުގެ މިއޯޑިއާގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ އިންތިހާބަށް ކުރިމަތިލާފައިވާ މީހުންގެ ތެރޭގައި ދީންވެރި މީހެއް ނެތް އިރު ދީނަށް ފުރައްސާރަ ކުރާ މީހެއް ހިމެނޭތީ ވޯޓްލުމުގައި ކަންކުރަންވީ ގޮތް އޮޅުންފިލުވުމަށެވެ. އެގޮތުން "އެމީހުންގެ ތެރޭގައި ދީނީ މީހަކު ނުވަތަ ދީންވެރިމީހަކު ވަކިނެތް! އެމީހުންގެ ތެރެއިން އެކަކީ ދީނަށް ފުރައްސާރަ ކުރާމީހެއް! ވަރަށް ފަހަކުން ޑެންމާކަށް ގޮސް، ޤުރްއާނާއި ސުންނަތަށް އިހާނެތިކޮށް ވާހަކަދެއްކި! އަދި ރަސޫލާ ޞަލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި! މީ ފާޅުގަ ހިނގިކަމެއް!" ސުވާލު ކުރާ ފަރާތުން ޝެއިޚް އަށް ސުވާލު ކުރުމުން ޝެއިޚް ވިދާޅުވެފައިވަނީ "ތިޔަހެން؟ ތީ މުރުތައްދެއް، ތިޔަހެންވެއްޖެއްޔާ ތީހަމަ ދީނުން ބޭރުވެފަހުރި މުރުތައްދެއް!"ކަމަށެވެ.
ފަޟީލަތުއްޝައިޚް ޑރ. މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ އިތުރަށް އޯޑިއޯގައި ވިދާޅުވެފައިވަނީ "ނުބައި އަތުވެދާނެކަމަށް ބިރުގަންނަން ޖެހިއްޖެ ނަމަ، ތިޔަ ގައުމުގެ ވެރިކަމަށް އެމުޖުރިމު، ދީނުން ބޭރުވެފައިވާ މީހާ، ކުރިން ބުނި މީހާ ނުވަތަ އެފަދަ މީހަކު އިސްވެދާނެކަމަށް ފެންނަންޏާ، އަދި އަނިޔާވެރިވެ ޢަޛާބު ދައްކާނެ ކަމަށް ފެންނަންޏާ، މަޖުބޫރީ ޙާލަތެއްކަމަށް ބަލައި، މިޙާލަތުގައި އޭނާއާ ދެކޮޅަށް ވޯޓު ލެވިދާނެ. އެއީ ނުބައި ދުރުކޮށް ފަސާދަ ކުޑަ ކަމެއް ގެނައުމަށްޓަކައި. އެއީ ނުބައިދުރުކުރުމަށްޓަކާއި ދެފަސާދައިން ކުޑަފަސާދަ ޚިޔާރުކުރުން" ކަމަށެވެ.
"މުރުތައްދު ވެފައިވާ މީހަކު އިންތިޚާބުކުރަން ބައިވެރިވީމަ މުރުތައްދު ވުމުމަކަށް ވާނެ"ކަމަށާއި "މުރުތައްދުވެފައިވާ މީހަކު އިންތިޚާބުކުރުމުގައި، މުރުތައްދުވެފައިވާ މީހަކަށް ނަޞްރުވެރި ވުމުގައި، މުރުތައްދުވެފައިވާ މީހަކު ބާރުވެރިކުރުމުގައި، މުރުތައްދުވެފައިވާ މީހަކު މަތިވެރި ކުރުމުގައި، މުރުތައްދުވެފައިވާ މީހަކު ހޮވުމަށް މަސައްކަތް ކުރުމުގައި އެވާނީ މުރުތައްދުގެ އަހުލުވެރިންނާއި ކުފުރުގެ އަހުލުވެރިން އިސްލާމުންގެ މައްޗަށް ބާރުވެރި ކުރުމުގައި ބައިވެރިވުން ކަމުގަ. މިކަމެއް ހުއްދައެއް ނުވާނެ"ކަމަށްވެސް ފަޟީލަތުއްޝައިޚް ޑރ. މުހައްމަދު ބްނު ހާދީ އަލްމަދްޚަލީ ވިދާޅުވެފައިވެއެވެ.
"ﷲ ސުބްޙާނަހޫ ޥަތަޢާލާ ތިޔަ ގައުމަށް ހެޔޮގޮތެއް މިންވަރު ކޮށްދެއްވާށި." މިފަދައިން ޝެއިޚް އަލްމަދްޚަލީ ވަނީ ދިވެހިރާއްޖެއަށް ހެޔޮގޮތެއް މިންވަރު ކޮށްދެއްވުމަށް އެދި މިއޯޑިއޯގައި ދުޢާ ކޮށްދެއްވާފައެވެ.
ގުޅުންހުރި ލިންކް:
ލިޔުން: ފަޟީލަތުއްޝައިޚް ޑރ އަލްމަދްޚަލީގެ އޯޑިއޯގެ ތަރުޖަމާ
އޯޑިއޯ: ރާއްޖޭގެ އިންތިޚާބާއި ބެހޭ ގޮތުން ޑރ އަލްމަދްޚަލީ ގެ ފަތުވާ
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...