ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

ޖަމިއްޔަތުއްސަލަފުން ތ އަތޮޅުގެ 9 ރަށެއްގައި ދަރުސްދިނުމަށް ފުރަނީ

ޖަމިއްޔަތުއްސަލަފުގެ ފަރާތުން ތ އަތޮޅުގެ 9 ރަށެއްގައި ދަރުސްދިނުމަށް އަންނަ މަހު 21 ވަނަ ދުވަހު ފުރާނެކަމަށް އެޖަމިއްޔާއިން ދިއިސްލާމްއަށް ހާމަކޮށްފިއެވެ.
ދިއިސްލާމްއަށް މައުޟޫމާތު ދެއްވަމުން ޖަމިއްޔަތުއްސަލަފްގެ މީޑިއާ އޮފިސަލަކު ހާމަކުރެއްވިގޮތުގައި 'މިދަތުރުގައި ދަރުސް ދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ވޭމަންޑޫ، އޮމަދޫ، ކިނބިދޫ، ހިރިލަންދޫ، ކަނޑޫދޫ، ބުރުނި، ވިލުފުށި، މަޑިފުށި އަދި ތިމަރަފުށި.' ކަމަށެވެ. މީގެއިތުރުން އެފަރާތުން ހާމަކުރައްވާ ގޮތުގައި 'މިދަތުރުގައި 4 ޝެއިހެއް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށާއި މުޅިން ކޮންފޯރމް ވުމުން ޝެއިހުންގެ ނަމާއި ދަތުރުގެ ތާވަލް ހާމަކުރާނެ' ކަމަށެވެ. ހަތަރު ދުވަހުގެ ތެރޭގައި ކުރިއަށްދާ މިދަރުސް ޕްރޮގްރާމްގައި އެއްވަގުތެއްގައި 3 ރަށެއްގައި ދަރުސް ދޭގޮތަށް މިހަރުވަނީ ހަމަޖެހިފައިވާކަމަށް ހަބަރު ލިބެއެވެ.

މިދަރުސް ޕްރޮގްރާމްއަކީ ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން 'ރިޙްލާ'ގެ ނަމުގައި މިދިޔަ އަހަރުން ފެށިގެން ކުރިއަށްދާ ޕްރޮގްރާމްއެކެވެ. މިދިޔަ އަހަރު މިދަރުސް ޕްރޮގްރާމް ބާއްވާފައިވަނީ ޅ. ނައިފަރުގައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *