ނޯޓު : މިއީ ސަޢުދީގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުލް ޢަޒީޒު އަލް ފައުޒާން ދެއްވާފައިވާ ފަތުވާއެއް އަޞްލަކަށް ބިނާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ.
މިހާރަކަށް އައިސް އިވެމުން އަންނަ އަޑެއް؛ މިއީ ޚާއްޞަކޮށް ސަލަފުންގެ މަންހަޖަށް ތަބާވެގެންތިބި ބައެއްކަމަށް ދަޢުވާ ކުރާ ބައެއްމީހުންގެ ތެރޭގައި ޢިލްމުވެރީންނާއި ދީނީ ދަޢުވަތުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވާ ވާހަކަ، އެގޮތުން ދީނީ ދަރުސްތަކަށް މީހުން އައުން މަނާކުރުމާއި ޢިލްމުވެރީންނަށް އެއްޗެހިކިޔުމާއި ފުރައްސާރަކޮށް، ޙުކުމް ޖެހުމުގެ ޘަޤާފަތެއް އެބައިމީހުން މިވަނީ ފަތުރާފައެވެ.
މިކަމުގެ ޙަޤީޤަތަށް ބަލާއިރު މިއީ މިއަދު އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑެތި މުޞީބާތްތަކުގެ ތެރެއިން އެއް މުޞީބާތެވެެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ބަސްފުޅުތަކަށް ނަޒަރު ހިންގާލުމުން މިކަމުގެ ފުރިހަމަ ޖަވާބު ލިބިގެން ދާނެއެވެ. އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ. "ޝައިޠާނާ ޢަރަބި ޖަޒީރާގައި ނަމާދު ކުރާމީހުން ފެނިފައި މާޔޫސް ވިއެވެ. ނަމަވެސް މީހުންގެ މެދުގައި ބައިބައިވުން އުފެއްދުމަކުން އޭނާ އުއްމީދު ކަނޑައެއް ނުލައެވެ."
ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހާ މީސްތަކުންނަށް އަންގާވާ އަމުރު ކުރައްވަނީ ޝައިޠާނާގެ ޢަމަލުން ދުރިހެލިވެ ރައްކާތެރިވުމަށެވެ. އެހެނީ ޝައިޠާނާގެ މިފަދަ ފިތުނަވެރި އަމަލުތަކުގެ ސަބަބުން މީސްތަކުންގެ މެދުގައި ޚިލާފާއި ރުޅިވެރިކަމާއި ނަފްރަތު އުފެދި ބައިބައިވެގެން އެބަދެއެވެ. އަދި އެ ބައިބައިވުމާއި ރުޅިވެރިކަން ޢިލްމުވެރިންގެ މަސައްކަތްތަކާއި އެބޭފުޅުންގެ ދައުރަށްވެސް ގިނަގުނަ ހުރަސްތަކެއް ބައެއް ފަހަރު އެޅިގެން ދެއެވެ. އެގޮތުން ޢާއްމުންނާއި ޢިލްމުވެރީންނާއި ދެމެދުގައި އޮންނަ ގުޅުން ހީނަރު ކޮށްލައި އެބޭފުޅުންގެ ދަރުސްތަކުން މީހުން ދުރުކޮށް އެބޭފުޅުންނާއިމެދު މީހުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމުގެ ޙަރާކަތްތަކެއްވަނީ ހިނގަން ފަށާފައެވެ. މިކަމުގެ ސަބަބުން އެބޭފުޅުން ފޯރުކޮށްދޭ ޢިލްމުން އެތައް ބަޔަކު މަޙްރޫމުވެގެން އެބަދެއެވެ.
މާތް ﷲ ވަޙީ ކުރައްވަނީ " مُنِيبِينَ إِلَيْهِ وَاتَّقُوهُ وَأَقِيمُوا الصَّلَاةَ وَلَا تَكُونُوا مِنَ الْمُشْرِكِينَ مِنَ الَّذِينَ فَرَّقُوا دِينَهُمْ وَكَانُوا شِيَعًا كُلُّ حِزْبٍ بِمَا لَدَيْهِمْ فَرِحُونَ
މާނައަކީ : އެކަލާނގެއަށް ތިޔަބައިމީހުން توبة ވެ، رجوع ވާ حال ގައެވެ. އަދި އެކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި مشرك ންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! އެއުރެންގެ دين ބައިބައިކޮށް، ބައިތަކެއް ކަމުގައިވީ މީހުންގެ ތެރެއިން ތިޔަބައިމީހުން ނުވާށެވެ! ކޮންމެ ބަޔަކުުމެ އެއުރެންގެ ގާތުގައިވާ ގޮތާމެދު އުފާކޮށްކޮށް ތިބެތެވެ.
އަދިވެސް މާތް ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. وَاعْتَصِمُوا بِحَبْلِ اللَّـهِ جَمِيعًا وَلَا تَفَرَّقُوا وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا މާނައަކީ : "ތިޔަބައިމީހުން އެންމެން ﷲ ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، ﷲ ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ."
ޝައްކެތް ނެތް ގޮތުގައި މިއަދު އުއްމަތަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މުޞީބާތަކީ މުސްލިމުންގެ މެދުގައި ބައިބައިވުމާއި ޚިލާފުތައް ގިނަވުމެވެ.
އިސްވެ ބަޔާން ކުރެވުނު ސަލަފުންގެ މަންހަޖަށް ދަޢުވާކުރާބަޔަކުވަނީ އެބައިމީހުންނަކީ އިސްލާމް ދީނަށް ލޯބިކުރާ އަދި ތަޥްހީދަށާއި ޢަޤީދާއަށް ޣީރަތްތެރިކަން ހުރިބައެއްގެ ގޮތުގައި ބުނެ ދަނީ ދަޢުވާ ކުރަމުންނެވެ. އެމީހުންގެ އެދަޢުވާއަކީ ފަހަރުގައި ތެދު ދަޢުވާއަކަށް ވެދާނެއެވެ. އެއީ އަޤީދާގައި އެމީހުން ސަލަފުންގެ މަންހަޖަށް ތަބާވެއެވެ. ނަމަވެސް އަޚްލާޤާއި މުޢާމަލާތުގައި ސަލަފުންގެ މަންހަޖާ އެހާ ދުރު ބައެއް ނުތިބޭނެއެވެ. އެއީ އެމީހުން ﷲ ގެ އަޅުންނާއި މެދު އެއިލާހަށް ބިރުވެތިއެއް ނުވެއެވެ. ޖާހިލުކަމާއި އަނިޔާވެރިކަމާ ޢަދާވާތްތެރިކަމާއެކު މީސްތަކުންންގެ ހިތްތަކުގައި ޢިލްމުވެރިންނާއި މެދު ނަފްރަތު އުފައްދާ މީހުންނަށް ލިބެމުންދާ ޢިލްމީފައިދާތަކުން މީސްތަކުން ދުރައްޖައްސަމުން ޢިލްމުގެ މަޖިލީސްތަކުން މީހުން ފެޔަށް ޖައްސާ މީސްތަކުންނާއި ޢިލްމުވެރިންނާއި މެދު ނުބައި ހީތަށް ކުރުވުމުގެ ތަފާތު ހަރަކާތްތައް އެބައިމީހުން ކުރިއަށް ގެންދެއެވެ. އަދި ހަމަ އެއާއެކު ޢިލްމުވެރީންގެ މައްޗަށް ދޮގުހެދުމާއި މުޖުތަމަޢުގައި އޮތް އެބޭފުޅުންގެ އަބުރާއި ޢިއްޒަތާއި ކަރާމާތް ނަގާލުމާއި މިނޫންވެސް ތަފާތު ހަޑި ހުތުރުވެގެންވާ ޢަމަލުތައް ކުރިއަށް ނެރެ އެކަމާއި މެދު ފަޚުރުވެފައިވާ ދަރަޖައަކީ އަޖައިބުވެ ހައިރާންވާންޖެހޭ ފަދަ ކަންކަމެވެ.
އެއްފަހަރަކު މި ފިކުރުގެ މީހަކާއި ޢިލްމުވެރިއަކާއި ދެމެދު ހިނގައިދިޔަ މުޙާވަރާއެއްގައި ޢިލްމުވެރިޔާ ވިދާޅުވި ! ރޯމަނުންނާއި ތިބާ ހަނގުރާމަ ކުރިން ހެއްޔެވެ. ޖަވާބުގައި އޭނާ ބުނި ، ނޫނެކެވެ. ޢިލްމުވެރިޔާ ސުވާލު ކުރެއްވި ! ފާރިސީންނާއި މުޝްރިކުންނާއި ތިބާ ހަނގުރާމަ ކުރިންހެއްޔެވެ. އޭނާ ޖަވާބުގައި ބުނީ ނޫނެކެވެ. ޢިލްމުވެރިޔާ ވިދާޅުވި! ނަޞާރާއިންނަށްވަނީ ތިބާގެ ކިބައިން އަމާން ކަމާއި ސަލާމަތްތެރި ކަމެވެ. މަޖޫސީންނާއި މުޝްރިކުންނަށް ތިބާގެ ކިބައިންވަނީ އަމާންކަމާއި ސަލާމަތްތެރިކަމެވެ. ނަމަވެސް ތިބާގެ މުސްލިމް އަޚާއަށް ތިބާގެ ކިބައިން އަމާން ކަމާއި ސަލާމަތްތެރިކަމެއް ނެތެވެ.
މިއީ މިބައި މީހުންގެ ހަޤީޤީ ޙާލެވެ. މި މީހުންގެ މަސައްކަތަކީ ދީނީ ދަޢުވަތު ކޮޅަށްޖެހުމެއް ނޫނެވެ. އޭގެ ބަދަލުގައި ދީނީ ދަޢުވަތު ފުނޑު ފުނޑުކޮށް ނެތިކޮށް ލުމެވެ.
ނޯޓު : "ރާއްޖޭގެ ޤުނޫތުގެ މައްސަލާގައި މީހުންގެމެދުގައި ޙައްލެއް ލިބިފައިވަނިކޮށް އެ ޖަމާޢަތަކުގެ މީހުން ކަންތައް ކުރިގޮތް ހަނދާން ހުރި ބޭފުޅުންނަށް މިބަހުގެ ތެދުކަން ބަޔާންވެގެން ދާނެއެވެ."
ނުނިމޭ

















އާ.. ތި މީހުންގެ ހަގީގަތް މިހާރު ފަޅާ އަރުވަން ވެއްޖެ، ކުއްޖަކު ހަމަ ދީނަށް ވަންނަ އިރަށް ދަމާ ގެންގޮސް ބުނާނެ އަހަރެމެން ނޫން އެންމެންނަކީ ބިދުޢަ ވެރިންނޭ އެމީހުންނާއި ވަހަކަ ނުދައްކާށޭ، އެމީހުންގެ މަޖިލީސްތަކުގައި ނުތިބޭށޭ ކާފަރުވާނޭ ބިދުޢަވެރިވާނޭ، މީވާ ބައެއް އިނގޭ، މަށަށްވެސް ހަމަ އެގޮތަށް ދައުވަތު ދިނީ، އެ ތިނަދޫ ސޮރު އޭގެ ބޮޑު މީހަކީ. އެއީޔޯ ދެން ދުނިޔޭގައިވެސް ހުރި މީހަކީ…މި މީހުންގެ ހުރި ޖާހިލުކަމާއެވެ.
އާ ތިމީހުން ދޯ ޖުއްބާލައިގެން ބޯބާލައިގެން ހުދު ތާކިހާ އަޅައިގެން މި ތިބެނީ، މިއީ ކޮން ސަލަފުންނެއް އުޅުނު ގޮތެއްކަމެއް އަދި ނޭނގޭ، ސޫފީންހެން އަބަދު ބޯބާލައިގެން ތާކިހާ އަޅައިގެން، ގައިމު ޢިލްމުވެރިން ވިދާޅުވޭ ރަސޫލާ ޢާއްމުކޮށް ހުންނެވީ ބޯ ދިގު ކޮށްނޭ، އެކަމު މި މީހުން އެއާ ދިމަ އިދިކޮޅަށް ތިބެ މި ބުނަނީ މީއްޔޭ އަސްލު ބައިގަނޑަކީ.
އޭ ތިޔަ ކިޔާ މީހާގެ ވާހަކަ އެނގިއްޖެ، ތިޔަ މީހާއާއި ބެހޭގޮތުން މުހައްމަދު ރަޝީދު (މުސްތަގިއްލު) އެބައޮތް ފަތުވާ ނެރިފައި، މުސްތަގިއްލުއަށް ގުޅާލީމައި ތި މީހުންގެ ލީޑަރުގެ ފެންވަރު އެނގޭނެ
މަގުފުރެދިފައި ތިބި އެކަހަލަ މީހުންގެ ވާހަކަ ތިޔަ ސައިޓުގައި ނުޖެހުން ވަރަށްބޮޑަށް އެދެން، އެއަށްވުރެ ހެޔޮ ކަމެއް ކުރިއްޔާ ގައިމު ސަވަބެއްވެސް ލިބޭނެ
މުހައްމަދު ރަޝީދު އަކީ ކޮން ބޭފުޅެއް؟؟