ފަލަސްޠީނުގެ ނޫސްތަކުން ޚަބަރުދޭގޮތުގައި މިދިޔަ ބުރަސްފަތި ދުވަހު މަސްޖިދުލްއަޤްޞާ ގައި ފަތިސްނަމާދު ކުރެވެމުންދަނިކޮށް ފަލަސްޠީނުގެ ބިން އަޅުވެތިކޮށްގެން އުޅޭ ޒައިނިސްޓް ސިފައިންގެ 100އަށްވުރެ ގިނަ ސިފައިން ކުއްލިއަކަށް މިސްކިތަށް ވަދެ މިސްކިތުގެ އިމާމު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެ މިސްކިތުގައި ޖަމާޢަތުގައި ނަމާދަށް ހާޟިރުވިމީހުންނާއި އަދި ރަމަޟާން މަހު އިޢުތިކާފަށް ތިބި މީހުންވަނީ އަޤްޞާ މިސްކިތުން ނެރެފައިވާކަމަށް ޚަބަރުތަކުން ބުނެއެވެ.
މަންޒަރުދުށް މީހުން ބުނާގޮތުން ޒައިނިސްޓްގެ ސިފައިން މިސްކިތަށްވަނީ ކުއްލިއަކަށްކަމަށާއި އަދި އެވަގުތު ޖަމާއަތުގައި ކުރެވެމުންދިޔަ ފަތިސްނަމާދު ވަނީ ހުއްޓުވާފައެވެ. އަދި އިމާމް ސަޖިދާގައި އޮތްވާ ވަނީ ގޮތްނޭނގޭ ތަނަކަށް ހައްޔަރުކޮށްގެން ގެންގޮސްފައެވެ. އަދި މި ސިފައިންގެ ހިމާޔަތުގައި ޔަހޫދީން ޒައިނިސްޓުންގެ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްވަނީ މަސްޖިދުލްޢަޤްޞާއަށްވަދެ މިސްކިތުގެ ދޮރުތައް ބަންދުކޮށްފައެވެ. މިމީހުން މިގޮތަށް ދޮރުތައް ބަންދުކުރީ ނަމާދަށް ޙާޟިރުވެފައި ތިބި މުސްލިމު ޒުވާނުން ޒައިނިސްޓު ސިފައިންނާއި ކުރިމަތިލާފަނެތީއެވެ.
އަޤްޞާ މިސްކިތަށްވަދެ ހިންގި ހައްދުފަހަނައަޅާފައިވާ މިޢަމަލު ޤުދުޞްގެ މުފްތީ އައްޝައިޚް މުޙައްމަދު ޙުސައިން ސިފަކުރައްވާފއިވަނީ ބަރަކާތްތެރި ރަމަޟާން މަހު މަސްޖިދުލްޢަޤްޞާ ގެ ހުރުމަތްތެރިކަށް ކަނޑާލުންކަމަށެވެ. އަދި މުފްތީ އިތުރަށް ވިދާޅުވީ މިމޢަމަލަކީ ފަލަސްޠީނުގެ މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމުގެ ގޮތުން ޔަހުދީން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ފަށާފައިވާ ސިލްސިލާ ހަރަކާތަކުގެ ބައެއްކަމަށެވެ.
މަޞްދަރު: މަޖަލަތުލްބަޔާން.

















އެކަންކުރި މީހުންނަށް މާތްﷲ ކޯފާއެއް ފޮނުއްވާފާދެވެ.
ﷲ ސުބުހާނަހު ވަތައާލާ މި ނުބައި ޖަރީމާ ހިންގި ޒަޔަނިސްޓް ޔަހޫދީން ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާން ދޭވެ..!! އާމީން..!!
ﷲ ސުބުހާނަހު ވަތައާލާ މި ނުބައި ޖަރީމާ ހިންގި މިިިިީހުން ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާން ދޭވެ……. އަަާމީން